ބެސްޓް ސްޕާ ކެޓަގަރީގައި ރާއްޖޭގެ 13 ރިސޯޓެއް ނޮމިނޭޓްވެއްޖެ

ދަ ސްޕާ ބައި ތަލްގޯ އެޓް ސަން ސިޔާމު އިރުފުށި -- ފޮޓޯ/ ސަން ސިޔާމް އިރުފުށި

މިއަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑޭސްޓިނޭޝަންއަކަށް ރާއްޖެ ނޮމިނެޓު ވެއްޖެއެވެ.

މިއީ ރާއްޖެ މި އެވޯޑަށް ނޮމިނޭޓުވި ހަވަނަ އަހަރެވެ. މިދިޔަ ފަސް އަހަރުވެސް ރާއްޖެއިން ވަނީ މި އެވޯޑު ދިފާއު ކޮށްފައެވެ.

މި އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑެސްޓިނޭޝަން ކެޓަގަރީން ރާއްޖެއާ ވާދަކުރަނީ މޮރިޝަސް އަދި ސީޝެލްސްއެވެ.

ވޯލްޑް ސްޕާ އެވޯޑްސްގައި ކޮންމެ ގައުމެއްގެ އެންމެ ފުރިހަމަ ސްޕާއެއް ހޮވައި އެވޯޑު ދޭ އިރު، މި އަހަރު ރާއްޖޭގެ ބެސްޓް ރިސޯޓް ސްޕާގެ އެވޯޑަށް 13 ރިސޯޓެއް ނޮޮމިނޭޓުވެފައިވެއެވެ. އެއީ:

  1. އަނަންތާރާ ސްޕާ އެޓް އަނަންތަރާ ދިގު
  2. އަނަންތާރާ ސްޕާ އެޓް އަނަންތާރާ ކިހަވައް
  3. ކާމް ސްޕާ އެޓް ޖޭއޭ މަނަފަރު
  4. ކޮކޯ ސްޕާ އެޓް ކޮކޯ ބޮޑުހިތި
  5. ޑްރިފްޓް ސްޕާ އެޓް ނިޔާމަ
  6. ހެވަންލީ ސްޕާ އެޓް ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ
  7. އިރިޑިއަމް ސްޕާ އެޓް ދަ ސެއިންޓް ރިޖިސް މޯލްޑިވްސް ވޮއްމުލި
  8. ޖިވާ ގްރޭންޑް ސްޕާ އެޓް ތާޖް އެގްޒޯޓިކާ
  9. ކޮކޯ ސްޕާ އެޓް ކަނުހުރާ
  10. ތަލިސް ސްޕާ އެޓް ޖުމެއިރާ ވިޓަވެލި
  11. ދަ ސްޕާ އެޓް ކޮންރެޑް މޯލްޑިވްސް ރަންގަލި
  12. ދަ ސްޕާ އެޓް ވެލާ ޕްރައިވެޓް އައިލެންޑް
  13. ދަ ސްޕާ ބައި ތަލްގޯ އެޓް ދަ ސަން ސިޔާމް އިރުފުށި

މީގެ އިތުރުން ރާއްޖޭގެ ބެސްޓް ވެލްނެސް ރިޓްރީޓް އެވޯޑަށް ނުވަ ރިސޯޓެއް ނޮމިނޭޓުވެފައިވެއެވެ. އެއީ:

  1. އަނަންތާރާ ވެލި މޯލްޑިވްސް ރިސޯޓު
  2. ކޮމޯ ކޮކޯ އައިލެންޑް
  3. ކޮމޯ މާލިފުށި
  4. ފޯ ސީޒަންސް ލަނޑާގިރާވަރު
  5. ލަކްސް ސައުތު އަރި އެޓޯލް
  6. ވަން އެންޑް އޮންލީ ރީތި ރަށް
  7. ސިކްސް ސެންސެސް ލާމު
  8. ސިކްސް ސެންސެސް ސްޕާ ކުންފުނަދޫ އެޓް ސޮނޭވާފުށި
  9. ވެލާ ޕްރައިވެޓް އައިލެންޑް

މި އެވޯޑުގައި ވޯޓު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ފުރުސަތު ސެޕްޜެމްބަރު 30 ގެ ނިޔަލަށް އޮންނާނެއެވެ.

ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކުންދޭ ސްޕާގެ ހިދުމަތަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ފާހަގަކުރެވޭ ހިދުމަތެކެވެ. ރާއްޖޭގައި ވޯޓާ ވިލާ ސްޕާ އާއި ލިވަ ބޯޑް ސްޕާގެ އިތުރުން އަންޑާ ވޯޓާ ސްޕާގެ ހިދުމަތްވެސް ދެއެވެ.

ވޯލްޑް ސްޕާ އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑު ދޭން ފަށާފައިވަނީ މި ސިނާއަތުގައި ސްޕާގެ ހިދުމަތް ފުޅާވެ، ދެމުންދާ މަތީފަންތީގެ ހިދުމަތްތަަކުގެ އަގުވަޒަންކޮށް ސްޕާގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

comment ކޮމެންޓް