ޖެންޑާ އިން ބޭއްވި ބައްދަލުވުމެއްގެ ބައިވެރިއަކު ޕޮޒިޓިވް ވެއްޖެ

ޖެންޑާ އިން ބޭއްވި ބައްދަލުވުމުން -- ފޮޓޯ: ޖެންޑާ

މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑްް ސޯޝަލް ސާވިސަސް އިން އިން އިސްނަގައިގެން މިދިޔަ ހަފްތާގެެ ބުރާސްފަތިދުވަހު ބޭއްވި ބައްދަލުުމެއްގެ ބައިވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީ ޑެޕިޔުޓީ މިނިސްޓަރު ޒިފްލީނާ ހަސަން މިއަދު "ސަން" އަށް ވިދާޅުވީ ބައްދަލުވުމުގެ ބައިވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށާއި ބައްދަލުވުމުގެ ބައިވެރިންނަށް އެކަން އަންގައިދިނުމަށް އެދިފައިވާ ކަމަށެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ދެކޮޅަށް މަޝްވަރާކުރުމަށް ސްޓޭކް ހޯލްޑަރުންނާއެކު ބޭއްވި މި ބައްދަލުވުމުގެ ބައިވެރިން ތިބީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގައިދުރުކޮށް މާސްކު އަޅައިގެން ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.

"އެތަނުގައި އޮތީ އެޗްޕީއޭގެ ގައިޑްލައިން އާއި އެއްގޮތަށް ކަންތައް ކަށަވަރުކޮށްފައި. ގްރޫޕު މަސައްކަތްތައް ކުރި އިރުވެސް، ލިޔާ ބޭފުޅާ އެކަނި މޭޒު ދޮށުގައި އިންނެވީ. އެހެން ބޭފުޅުން ތިއްބެވީ ދުރުގައި. ހަ ބޭފުޅުންނަށްވުރެ ގްރޫޕެއްގައި މީހުން ގިނައެއް ނުވާނެ،" ޒިފްލީނާ ވިދާޅުވިއެވެ.

ޒިފްލީނާ ވިދާޅުވީ މާސްކު އަޅައި ގައިދުރުކޮށް އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބައަވެގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރެއިން ބައެއް ފަރާތްތަކަށް އެޗްޕީއޭ އިން ގުޅައި، އެބޭފުޅުންނަކީ ލޯ ރިސްކު ބޭފުޅުން ކަމަށް އަންގަމުންދާ ކަމަށެވެ.

ބުރާސްފަތި ދުވަހު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީވެެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮވިޑް19 ގެ އާ އާންމު ހާލަތާއެކު އޮފީސްތަކާއި ކެފޭ ތައް ހުޅުވާފައިވާއިރު، ފާއިތުވި ދެ ހަފްތާ ތެރޭ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ފުރަބަންދަށް ދިން ލުއިތަކާއެކު ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދުވެސް ދަނީ އިތުުވަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 2731 އެވެ. 2284 މީހުން ބަލިން ރަނގަޅު ވިއިރު 13 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް