މުޒާހަރާއިން ފުލުހުންނަށް ހަމަލާދިން 40 ބިދޭސީއަކު ހައްޔަރުކޮށްފި

ބިދޭސީން ހުޅުމާލޭގައި މުޒާހަރާ ކުރަނީ -- ސަން ފޮޓޯ/ އަހުމަދުﷲ ހާދީ

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ހަދަމުން އަންނަ ކުންފުނީގެ ބިދޭސީން މުވައްޒަފުން މުސާރަ ނުލިބިގެން ހުޅުމާލޭގައި މުޒާހަރާކުރި މީހުންގެ ތެރެއިން ފުލުހުންނާ ހަމަނުޖެހުން ހިންގ ކަމަށް ތުހުމަތުވާ 40 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އައިލެންޓް އެކްސްޕެޓް ކުންފުނީގެ ބިދޭސީން މުވައްޒަފުންގެ މުޒާހަރާ ކޮންޓްރޯލް ކުރަން ދިޔުމުން ފުލުހުންނަށް ވަނީ އޭގެ ތެރެއިން ބައެއް މީހުން ހަމަލާ ދީފަ އެވެ. އެގޮތުން އެ މީހުން ގާބުރި އާއި ލަޓިބުރި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކުމުން ބައެއް ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ބައެއް ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

އެގޮތުން އެ މީހުން ގާބުރިތަކުން ޖެހި ފުލުހުންގެ ދެ ވެހިކަލެއްގެ ބިއްލޫރިތަކެއް ވަނީ ތަޅައިގެން ގޮސްފަ އެވެ. ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އަންނަނީ ހުޅުމާލޭގައި ހަރަކާތްތެރިވަމުންނެވެ. މުޒާހަރާ ކުރި މީހުން މިހާރު ވަނީ މަސައްކަތް ކުރާ ސައިޓްގެ ތެރެއަށް ވައްދައިފަ އެވެ.

އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ، ހަމަނުޖެހުމުގެ ތެރެއިން، އަނިޔާވި ބިދޭސީންނަށް ބޭސްފަރުވާގެ ކަންކަން ފުލުހުން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ހައްޔަރު ކުރި ބިދޭސީން ފުލުހުންގެ ވެހިކަލްތަކުގައި އެތަނުން ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުުންޏެވެ.

ތަފްސީލް އަންނަނީ...

comment ކޮމެންޓް