އަލީ ވަހީދު ފުރުން މަނާކޮށްފި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: އެންއީއޯސީ

ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވިގެން ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރި އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ އަލީ ވަހީދު ފުރުން މަނާކުރީ، ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ.

ފުލުހުން މިއަދު ބުނީ، އަލީ ވަހިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފުލުހުން އަންނަނީ، އެނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ތަހުގީގު ކުރަމުންނެެވެ. އެގޮތުން ރޭ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެ، މ. ފުރަހަނަ ބަލާ ފާސްކޮށްފައެވެ.

މިނިސްޓްރީ ތެރޭގައި ހިންގައިގެން ނުވާނެ ފަދަ، އަޚްލާގީ މައްސަލަތަކާ ގުޅިގެން އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެންގެވީ މިދިޔަ ބުދަ ދުވަހުއެވެ.

ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވުން ރައިސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.

އެ މައްސަލަތަކާ ގުޅިގެން ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރުމަށް އެޕާޓީގެ ކައުންސިލަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ނަމަވެސް އަދިވެސް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފަ އެއް ނުވެއެވެ. އެހެން ކަމުން ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އޭނާއަށް އަންގަވާފައެވެ.

އެ މައްސަލަތަކާ ގުޅިގެން ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރުމަށް އެޕާޓީގެ ކައުންސިލަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ނަމަވެސް އަދިވެސް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފަ އެއް ނުވެއެވެ. އެހެން ކަމުން ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް ވަނީ އޭނާއަށް އަންގަވާފައެވެ.

comment ކޮމެންޓް