ސްޓެލްކޯގައި ޑިސްއިންފެކްޝަން ގޭޓެއް ހަރުކޮށްފި

ސްޓެލްކޯގައި ބެހެއްޓި ޑިސްއިންފެކްޝަން ގޭޓު--

ސްޓެލްކޯގެ މައި އޮފީހުގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓައި، ބޭނުންކުރަން ފަށައިފި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ގޭޓަކީ އާންމުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.

މި ގޭޓުން ސްޓެލްކޯއަށް ވަންނަން ދާ މީހުންގެ ބޮޑީ ޓެމްޕަރޭޗާ ވެސް ޗެކް ކުރެވޭނެ އެވެ. ސްޓެލްކޯއަށް ވަދެވޭނީ ގޭޓުން ޓެމްޕަރޭޗާ ނޯމަލް ކަމަށް ދައްކާ މީހުންނަށް އެކަންޏެވެ.

ސްޓެލްކޯގައި ބެހެއްޓި ޑިސްއިންފެކްޝަން ގޭޓުން މީހެއްގެ ބޮޑީ ޓެމްޕަރޭޗަރު ޗެކު ކުރަނީ--

"ގޭޓުގައި ހުންނާނެ ކެމެރާއެއް ޓެމްޕަރޭޗާ ބަލަން. ނޯމަލް ޓެމްޕަރޭޗާއެއް ނަމަ ފެހި ކުލަ، ޓެމްޕަރޭޗާ ހައިވެއްޖެ ނަމަ ރަތް ކުލައިން އަރާނެ. ދެން ގޭޓު ތެރެއިން މީހުން ދާއިރު ޑިސްއިންފެކްޓުކުރަން ފޮގެއް ސްޕްރޭ ކޮށްލާނެ." އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގައި ބެހެއްޓި ޑިސްއިންފެކްޝަން ގޭޓަކީ ކޮވިޑުގެ ހާލަތު ފެށުނު ދުވަސްވަރު ސްޓެލްކޯއިން އަމިއްލައަށް އޯޑަރު ދީގެން ގެނެސް އަމިއްލައަށް ރާވައިގެން ބެހެއްޓި އެއްޗެއް ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް