ކުރެންދޫ ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި

ކުރެންދޫ ގޮނޑުދޮށް ސާފު ކުރަނީ --


ޅ. ކުރެންދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކުރެންދޫ ޔޫތު މޫމަންޓް (ކޭވައިއެމް)ގެ އިސްނެގުމާ އެކު ރަށު ތެރެ ސާފު ކުރުމުގެ ހަރަކާތެއް ހިންގަައިފި އެވެ.

"ނަލަ ސާފު ކުރެންދޫ" ޝިއާރުގެ ނަމުގައި އިއްޔެ ހިންގި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށުގައި ހުރި ސަރުކާރުގެ އިދާރާތަކާއި ކުލަބް ޖަމިއްޔާތަކާއި ވިޔަފާރި ވެރިންނާއި އޮޑިވެރިންގެ އިތުރުން އާންމު ހުރިހާ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށް ކޭވައިއެމް އިން ބުންޏެވެ.

ކުރެންދޫ ގޮނޑުދޮށް ސާފު ކުރަނީ --ޫ

ކޭވައިއެމްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ އެ ޖަމިއްޔާއިން އެ މަސައްކަތް ކުރީ ކުރެންދުއަށް ދިމާވެފައިވާ ކުނީގެ ބޮޑު މައްސަލައަށް އަވަސް ހައްލެއް ހޯދި، ކުނި ގިނަވެގެން އޭގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތަކަށް، ޚާއްޞަކޮށް މާހައުލާއި ދިރޭތަކެއްޗާއި އިންސާނުންގެ ޞިއްޙަތަށް ލިބެމުންދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް އެކަންކަން ހުއްޓުވޭނެ މަގު ތަނަވަސް ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރަށުގެ ނޫކަށި ފުރައިގެ ޒުވާނުންގެ ފަރާތުން ފެނިގެން ދިޔާއި ވަރަށް ވެސް ޖޯސާ ފޯރީގައި ރަށުގެ ހޭޅި މަތި ސާފު ކުރުމުގައި އަވަދިނެތި އުޅުނު މަންޒަރު ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

ކުރެންދޫ ގޮނޑުދޮށް ސާފު ކުރަނީ --

އޭނާ ވިދާޅުވީ މިކަހަލަ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބާއްވާނެ ކަމަށެވެ. އެއީ މިފަދަ މަސައްކަތްތަކުގެ ސަބަބުން ޒަމާނުއްސުރެ، ރަށުގައި އޮންނަ އެއްބައިވަންތަ ގުޅުން ދެމެހެއްޓުމަށް ހިއްވަރު ލިބޭނެ ކަމަށެވެ.

ކުރެންދޫ ވަށައިގެން ސާފުކުރިއަސް އެންމެ މުހިއްމީ ސާފުތާހިރުކޮށް ރަށް ބޭއްވުން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އެގޮތުން ރަށް ސާފުކުރަން ނިކުތް އެތައް ބަޔަކަށް އެ މެސެޖް ލިބިފައިވާއިރު ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަން އެ ޖަމިއްޔާ އިން ފާހަގަ ކުރި އެވެ.

ރައްޔިތުން ގްރޫޕްތަކުން ކުރި މަސައްކަތުން ކުރެންދޫގެ ވަށައިގެންވާ އަތިރިމައްޗާއި ހޭޅިފަށް އެއްކޮށް ވަނީ ސާފުކޮށްފަ އެވެ.

ކޭވައިއެމްއަކީ މިދިޔަ އަހަރު ރަޖިސްޓަރީ ކުރި
ޖަމިއްޔާއެކެވެ. ޢަދި މިއީ މިޖަމިއްޔާގެ ފަރާތުން ރަށުގައި ބޭއްވި ފުރަތަމަ ހަރަކާތެވެ.

comment ކޮމެންޓް