އަމީތާބަށްފަހު ދަރިފުޅު އަބީޝޭކް ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި އަބީޝޭކް ބައްޗަން. އޭނާއާއި އޭނާގެ ބައްޕަ އަމީތާބު ބައްޗަން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި--

ބޮލީވުޑްގެ މަޝްހޫރު ތަރި އަބީޝޭކް ބައްޗަން ކޮވިޑް19އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މިކަން އަބީޝޭކްގެ ރަސްމީ ޓުވިޓާ އެކައުންޓުން އޭނާ އަމިއްލައަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޭނާއަށް ކޮވިޑް ޖެހުނު ކަމަށް ބުނެފައިވަނީ އޭނާގެ ބައްޕަ އަމީތާބް ބައްޗަންއަށް ކޮވިޑް ޖެހުނު ކަމަށް ބުނިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

އަބީޝޭކް ބުނީ މިއަދުގެ ވަގުތެއްގައި އޭނާއާއި އޭނާގެ ބައްޕަ އަމީތާބުއާ ދެމީހުން ވެސް ކޮވިޑް19އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ކަމަށެވެ.

އެއާއެކު ކަމާބެހޭ ފަރާތްތަކަށް ދޭން ޖެހޭ މައުލޫމާތު ދީފައިވާނެ ކަމަށާއި އާއިލާ މީހުންނާއި ގެންގުޅޭ މަސައްކަތު މީހުން ވެސް މިހާރު ޓެސްޓު ކުރަމުންދާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އިންޑިއާގައި ހަލުވިކަމާއެކު ބަލި އަންނަނީ ފެތުރެމުންނެވެ. މިހާތަނަށް އެގައުމުން 849,782 މީހަކަށް ބަލިޖެހިފައި ވާއިރު، ބަލީގައި 22,684 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް