ސަރޯޖް ޚާންގެ ބައޮޕިކް އެއް ހަދަނީ

ސަރޯޖް އާއި ރެމޯ---

މިދިޔަ ހަފްތާގައި މަރުވި ބޮލީވުޑް ކާމިޔާބު ކޮރިއޮގްރާފަރު ސަރޯޖް ޚާންގެ ބައޮޕިކް އެއް ހެދުމަށް ކޮރިއޮގްރާފަރު ރެމޯ ޑިސޫޒާ ނިންމައިފިއެވެ.

ސަރޯޖްގެ ދަރިފުޅު ސުކައިނާ ނާގްޕާލް ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުމޭކާ ކުނާލް ކޯލީ ވެސް މަންމަ ސަރޯޖްގެ ވެސް ބައޮޕިކް އެއް ހެދުމަށް އެދުނު ކަމަށާއި ރެމޯ ވެސް ބައޮޕިކް އެއް ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ސުކައިނާ ބުނީ އޭނާ ބޭނުންވަނީ މަންމަގެ ބައޮޕިކް ރެމޯ ލައްވާ ހަދަން ކަމަށެވެ. ސަރޯޖްގެ ހަޔާތުގެ ވާހަކަތައް ރެމޯ އަށް މާ ރަނގަޅަށް އެނގޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"މަންމަ ބުނީ ރޭމޯއަށް މާ ރަނގަޅަށް މަންމަގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭން އެނގޭނެކަމަށް. މަންމަގެ ހަޔާތުގައި ދިމާވެފައި ހުރި ކަންތައްތައް މާ ބޮޑަށް ރޭމޯ އަށް އިހްސާސް ކުރެވޭނެއޭ ވެސް މަންމަ ބުނި،"

ސަރޯޖް 71، މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

comment ކޮމެންޓް