ބީއެމްއެލްގެ އިދާރީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބޭންކް އޮފް މޯލްޑިވްސްގެ އިދާރީ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބޭންކުން ބުނީ މ. ސީޓްރެކްސް ބިލްޑިންގައި ހުންނަ ބީއެމްއެލްގެ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އެގޮތުން އެޗްޕީއޭ އާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ބޭންކުން ބުންޏެވެ. އަދި އެ އިމާރާތުގެ އާންމު ތަންތަން ޑީޕް ކްލީންކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ބުނީ އެންމެ ބޮޑު އިސްކަމެެއް ދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށާއި ބަދަލުވަމުންދާ ހާލަތު ގާތުންބަލައި، ކަމާ ބެހޭ އިދާރާތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން ބޭންކުން އަމަލުކުރުމުންދާނެ ކަމަށެވެ.

މިދިޔަ މާޗު މަހުން ފެށިގެެން ބޭންކު ހިންގަމުން ދަނީ ބިޒްނަސް ކޮންޓިއުނިޓީ ޕްލޭން އާ އެއްގޮތަށް، މުވައްޒަފުން ޓީމްތަކަކަށް ބަހާލައިގެން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބޭންކުގެ އެންމެހާ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ހިންގަމުންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

comment ކޮމެންޓް