ލަންކާގައި ތިބި 97 ދިވެހިން މިރޭ ރާއްޖެ އަންނާނެ

ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން -- ފޮޓޯ: މޯލްޑިވިއަން

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 97 މީހަކު މިރޭ އަންނާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ލަންކާ ގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ ހާއްސަ ރެޕަޓްރިއެޝަން ފްލައިޓެއް މިއަދު ބާއްވާއިރު މީގެ ކުރިންވެސް އެގައުމުގައި ތިބި ދިވެހިން ގެންނަން ހާއްސަ ފްލައިޓެއް ވަނީ ބާއްވައިފައެވެ.

ސްރީލަންކާ އަކީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ.

ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަން ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ހާއްސަ ފްލައިޓުތައް އިތުރު ގައުމުތަކަށް ވެސް ބާއްވާފައިވެއެވެ.

އެގޮތުން އިންޑިއާ ބެންކޮކް، ލަންކާގެ އިތުރުން މެލޭޝިއާ އިން މީހުން ގެނައުމަށް މޯލްޑިވިއަން އިން ވަނީ ދަތުރުތައް ބާއްވައިފައެވެ.

އިތުރު އެއާލައިންތައް މެދުވެރިވެގެންވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ވަނީ ގެނެސްފައެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެއެވެ.

ފްލައިޓްތަކުން ލިބޭ ފުރުސަތުތައް ބައެއް ފަރާތްތަކުން ނުހިފާތީ ފްލައިޓްތައް އޮންނަ ތާރީހުތަކުގައި ރާއްޖެ އަންނަން ޖެހޭ ފަރާތްތަކުން ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް