ތިލަފުށީ ގުދަނެއްގައި ރޯވެ އަނދަނީ

ތިލަފުށީ ގުދަނެއްގައި ރޯވެ އަނދަނީ --- ފޮޓޯ/ އެމްވީ ކްރައިސިސް

ތިލަފުށީ ގުދަނެއްފައި އަލިފާންރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވެފައި ވަނީ "ސެކުޔާ ބޭގް" ގެ ގުދަނުގައި ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިރޭ 20:24 އެހާކަންހާއިރު ކަމަށާއި ފަޔާ އެންޑް ރެސްކިއުގެ ފަޔާ ފައިޓަރުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވި ގުދަނަކީ ފަސޭހައިން އަލިފާން ރޯވާ ޒާތުގެ ތަކެތި ގުދަންކޮށްފައި ހުރި ތަނެކެވެ. އޭގެ ތެރޭގައި ސްޓޮކްކޮށްފައި ހުރި ގިނަ އަދަދެއްގެ ދަވާދު ހިމެނެ އެވެ.

އަލިފާން ކޮންޓްރޯލު ކުރުމަށްޓަކައި ބެކްއަޕް ފަޔާ ޓީމެއް ވެސް ފަހުން ތިލަފުށްޓަށް ވަނީ ގޮސްފަ އެވެ.

މިރޭ 10:45 ވުމާ ހަމައަށް ވެސް އަލިފާން ކޮންޓްރޯލް ކުރެވިފައި ނުވި ނަމަވެސް، އިތުރު ތަނަކަށް އަލިފާންގަނޑު ފެތުރުނަ ނުދީ ހިފެހެއްޓިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އަދި އަލިފާން ކޮންޓްރޯލު ކުރުމަށްޓަކައި ފަޔާ ފައިޓަރުން ދަނީ ފެނާއި ފޯމު ބޭނުންކުރަމުންނެވެ.

comment ކޮމެންޓް