މާސްކް އަޅަން ދެކޮޅު ހެދި ބަޔަކު ހަމަލާދިން ޑްރައިވަރުގެ ސިކުނޑި މަރުވެއްޖެ

ފްރާންސްގެ ބަހެއްގެ އެތެރެ--

ފްރާންސްގައި މާސްކް އަޅަން ދެކޮޅު ހެދި ފެސެންޖަރުންތަކެއް ދިން ހަމަލާއެއްގައި ބަސް ޑްރައިވަރެއްގެ ސިކުނޑި މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގީ ފްރާންސްގެ ހުޅަނގެ ދެކުނު ސަރަހައްދެއް ކަމަށްވާ ބަޔޯންގައި މިދިޔަ އާދިއްތަ ދުވަހު އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ފްރާންސްގެ ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އެގޮތުން ޓެކްސީ، މަތިންދާބޯޓު އަދި ބަހުގައި ދަތުރުކުރާއިރު މާސްކް އަޅަން ޖެހެ އެވެ.

އެ ހާދިސާ ހިނގީ ފޭސްކު މާސްކު އަޅަން ދެކޮޅު ހެދި ބަޔަކާއި ޓިކެޓް ނެތް ބަޔަކު ބަހަށް އަރަން އުޅުމުން އެކަން ހުއްޓުވަން އުޅުމުން އެމީހުން ބަސް ޑްރައިވަރަށް ހަމަލާ ދިނުމުގެ ސަބަބުންނެވެ.

ސިކުނޑި މަރުވެފައިވަނީ އުމުރުން 50ގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ހޭނެތިފަ އެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމާއެކު ޑޮކްޓަރުން ވަނީ އޭނާގެ ސިކުނޑި މަރުވެފައިވާކަން ޔަގީންކޮށްދީފަ އެވެ.

އެ ހާދިސާއާ ގުޅިގެން ފަސްމީހަކު ހައްޔަރުކޮށްފައިވާކަމަށް ފްރާންސްގެ ފުލުހުން ވަނީ ބުނެފަ އެވެ. -- ބީބީސީ

comment ކޮމެންޓް