މިލަންދޫގައި ޕިކަޕާއި ލޮރީއެއް ޖެހި އެކަކަށް އަނިޔާވެއްޖެ

މިލަންދޫ--- ފޮޓޯ: ފްލިކާ

ށ. މިލަންދޫގައި ޕިކަޕަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 17:45 ހާއިރު ކަމަށެވެ.

"މި އެކްސިޑެންޓްގައި ޕިކަޕު ދުއްވަން ހުރި މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވޭ. އަދި ދެ އުޅަނދަށް ވެސް ވަނީ އެކިވަރުގެ ގެއްލުންވެފައި." ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓުގައި ދެ އުޅަނދު ދުއްވަން ހުރި މީހުންނަކީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް