ފިޔަވަތިން މީހަކު ޕޮޒިޓިވްވުމުން 21 ކުއްޖަކު އެކަހެރިކޮށްފި

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި": އެތަނުގައި ލާއިންސާނީ އަމަލެއް ހިނގާތޯ އެޗްއާރްސީއެމް އިން ވަނީ ބަލާފައި -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި"ގައި މަސައްކަތްކުރާ މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތިން ޕޮޒިޓިވްވި މީހާއަކީ އައިޖީއެމްއެޗްގައި އޮތް ބަލި މީހެއްގެ އާއިލާ މެމްބަރެއް ކަމަށެވެ.

"މި ކޭސްއާ ގުޅިގެން ފިޔަވަތީގެ 11 ސްޓާފުންނާއި 21 ކުދިން ވަނީ ކަރަންޓީން ކުރެވިފައި. މިވަގުތު އެ ފަރާތްތައް ކަރަންޓީނު ކުރެވިފައި ވަނީ ފިޔަވަތީގައި، އެކަމަށް ވަކި ރޫމްތަކެއް ކަނޑައެޅިފައި." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނު ކޮށްފައިވަނީ ހަ އަހަރާ 11 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ.

ފިޔަވަތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު އައިޖީއެމްއެޗްއިން ވެސް ކޮވިޑުގެ އިތުރު ދެ ކޭސްވަނީ ފެނިފަ އެވެ.

comment ކޮމެންޓް