ރާއްޖެ ސަރަހައްދުގައި މަސްބާނަން އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓައިފި

ރާއްޖޭ ކަނޑު ސަރަހައްދުން ހުއްޓުވާފައިވާ ބޯޓުގައި ހަ މީހަކު ތިބި --- ފޮޓޯ : އެމްއެންޑީއެފް

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓެއް ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ހަ މީހުންނާއެކު މ. އަތޮޅުގެ 37 މޭލު ބޭރުން މަސްވެރިވެރިކަން ކުރަމުން ދިޔަ ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އެ ބޯޓު ފެނިގެން ރިޕޯޓުކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސަރީ" އަދި "އަސުރުމާ 2" ނަމަކަށް ކިޔާ ދޯނިން ކަމަށެވެ.

އެ މައްސަލަ ރިޕޯޓުކުރި ފަރާތްތަކަށާއި އަދި އެފަދަ ކަންކަމުގައި ދިވެހިން މަސްވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް