ލަވޭރާ ޕިއްޒާރިއާ އިން ޕިއްޒާ ހީރޯ ގޭމެއް ތައާރަފުކޮށްފި

ލަވޭރާގެ ވެބްސައިޓް--

ޕިއްޒާ އަކީ އަހަރެމެންގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ކެއުމެކެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައވެސް ޕިއްޒާ މަގުބޫލު އިރު، މާލޭގައި ޕިއްޒާ އަށް ހާއްސަ އެތައް ރެސްޓޯރެންޓެއް އެބަހުއްޓެވެ. އެކަމަކު މި ހުރިހާ ތަނެއްގެ ތެރެއިންވެސް ލަ ވޭރާ ޕިޒޭރިއާ މާ ހާއްސައެވެ. އެތަން އެންމެ ހާއްސަވާ އެއްކަމަކީ ރަހަ މީރުކަމާ އެކު ކަސްޓަމަރުންނާ މެދު ބަހައްޓާ ގާތްކަމެވެ. ކަސްޓަމަރުންނާ އިންޓަރެކްޓު ވުމަށް ކުރާ މަސައްކަތެވެ.

ކަސްޓަމަރުންނާއެކު އޮންނަ ގާތްކަން އިތުރު ކުރުމަށް ލަވޭރާ އިން ވަނީ އެމީހުންގެ ވެބްސައިޓު ވެސް ކަސްޓަމަރުން ގަޔާވާނެ ފީޗާތަކާ އެކު ތައާރަފުކޮށްފަ އެވެ. ލަވޭރާގެ ވެބްސައިޓުގައި ހިމެނޭ އެންމެ ހާއްސަ ކަމަކީ، ވެބްސައިޓުގައި ހިމަނާފައިވާ "ގޭމް ފީޗާ" އެވެ. ވީހާ ވެސް ގިނަ ކަސްޓަމަރުން އިންޓަރެކްޓުކޮށ،ް މަޖާ ގޭމެއް ކުޅެގެން ހިލޭ ޕިއްޒާ އެއް ހޯދުމުގެ ފުރުސަތު ލަވޭރާ އިން ވަނީ ހުޅުވާލައިފަ އެވެ.

ލަވޭރާގެ ޕިއްޒާއެއް -- ފޮޓޯ: ލަވޭރާ

ލަވޭރާގެ ވެބްސައިޓު https://www.laverapizzeria.net/ އަށް ވަންނައިރު "ޕޮއްޒާ ހީރޯ" ގޭމް ފެންނަން އިންނާނެއެވެ. "ސްޓާޓް" އަށް ފިތާ، އަވަހަށް ދުވަހުގެ ހައިސްކޯ ހޯދާ މީހާއަށް ވާން މަސައްކަތް ފަށަންވީ އެވެ.

މި ގޭމުގައި ވާގޮތަކީ، ސްކްރީނުން ފެންނަ ތިން އައިކޮން މެޗު ކުރަންވީ އެވެ. މެޗު ކުރާ ކޮންމެ ތިން އައިކޮން އަކަށް ޕޮއިންޓް ލިބޭނެ އެވެ. ކުރިއަށްދާ ވަރަކަށް ގޭމު "ޓަފް" ވެ ފޯރި ގަދަވެ އެވެ. މިހާތަނަށް ގޭމުން އެންމެ މަތިން ލިބިފައިވާ ސްކޯ ފެންނަން ހުންނާނެ އެވެ. މީގެ އިތުރުން އެ ދުވަހެއްގެ ޑެއިލީ ހައިސްކޯވެސް ފެންނާނެ އެވެ.

ލަވޭރާގެ ޕިއްޒާއެއް -- ފޮޓޯ: ލަވޭރާ

"ޔަންގު ޕޮޕިޔުލޭޝަން އަށް ޓާގެޓުކޮށްގެން މި ގޭމް ލޯންޗުކުރީ. މުނިފޫހިފިލުވުމާ އެކު، ތަފާތު ގޮތަކަށް ގިވް އަވޭ އެއް ދިނުމަށް ވިސްނާފައި ކުރި ކަމެއް މިއީ،" ލަވޭރާ އިން ބުންޏެވެ.

ޖުލައި އެއްވަނަ ދުވަހު ލަވޭރާގެ ވެބްސައިޓު ލޯންޗުކޮށް މި ފީޗާ ތައާރަފު ކުރި އިރު ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބުނެވެ.

"ފުރަތަމަ ދުވަހު ވެސް ތިން ގަޑިއރު ތެރޭ ލިމިޓު ހަމަވެއްޖެ. ތިން ގަޑިއިރު ތެރޭ 2000 އެއްހައި މީހުން މިއަށް އިންޓަރެކްޓުވެ ގޭމު ކުޅުނު،" ލަވޭރާ އިން ބުންޏެވެ.

ކޮންމެ ދުވަހަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޕިއްޒާ ހީރޯ އަކަށް ޖެހިގެން އަންނަ ދުވަހު ހިލޭ ޕިއްޒާ އެއް ލިބޭނެ އެވެ.

ލަވޭރާގެ ވެބްސައިޓު ވެސް ޑިޒައިން ކޮށްފައި ވަނީ ކަސްޓަމަރުން ނަށް ބޭނުންވާނެ ތަފާތު މައުލޫމާތު ފޯރުކޮށްދީ، ކަސްޓަމާ އިންޓަރެކްޝަން އިތުރުވާނެ ގޮތަކަށެވެ. ބޭނުމަކީ ލަވޭރާ އާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމެވެ.

ލަވޭރާގެ ބްރައުނީ -- ފޮޓޯ: ލަވޭރާ

"ކުރިއަށް އޮތްތަނުގައި އިތުރު ކޮންޓެންޓު ވެބްސައިޓަށް އަންނާނެ. އެގޮތުން ޕިއްޒާ އާއި ޕާސްޓާ އާ ގުޅޭ އެކި ލިޔުންތައް. ސޯސް އާ ޕިއްޒާ ޑޯ އާ ބެހޭ ވާހަކަތައް. ރިޓެން އަދި ފޮޓޯ ކޮންޓެންޓު އިތުރުކުރާނަން ކުރިއަށް އޮތްތަނުގައި،" ލަވޭރާ އިން ބުންޏެވެ.

"ހަގީގީ ޕިއްޒާ"ގެ ރަހަ ދިވެހިންގެ އަރުތެރޭ ލެއްވުމުގެ ނިޔަތުގައި 2018 ވަނަ އަހަރު ފެށި ލަވޭރާ ވަނީ މިވީ 2.5 އަހަރު ތެރޭ ކަސްޓަމަރުންގެ ހިތުން ޖާގަ ހޯދައިފަ އެވެ.

"ކަސްޓަމަރުންގެ ލޯޔަލިޓީ ފެނުނީ މި ޕެންޑެމިކް ތެރޭ. އަޅުގަނޑުމެންނަށް ސަވައިވް ވެނުނީ ކަސްޓަމަރުންގެ އިތުބާރާއި ސަޕޯޓު ލިބުނުވަރުން، އަދި ސްޓާފުުން ކުރި ހިތްވަރުވެސް ވަރަށް އުފަލާ އެކު ބަލައިގަންނަން،" ލަވޭރާ އިން ބުންޏެވެ.

ލަވޭރާގެ ޕިއްޒާއެއް -- ފޮޓޯ: ލަވޭރާ

"ލަވޭރާ"ގެ މާނައަކީ ވެސް "އަސްލު ހަގީގީ" އެވެ. ލަވޭރާގެ މަގުސަދަކީ ކަސްޓަމަރުންނަށް ހަގީގީ ޕިއްޒާގެ ރަހަ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމެވެ.

"ކަސްޓަމަރުން ވަނީ ލަވޭރާގެ ރަހަތައް ބަލައިގަނެފައި، ކަސްޓަމަރުންނަށް ކުރާ ޕްރޮމިސް އަކި ލޯކަލް ފްރެޝް އިންގްރިޑިއަންޓްސް އާ ޕިއްޒާ ޑޯ ހެދުމުގެ އޮރިޖިނަލް ޓެކްނީކްސް ބޭނުންކޮށްގެން އެންމެ ރިއަލް ޕިއްޒާ ފޯރުކޮށްދިނުން" ލަވޭރާ އިން ބުންޏެވެ.

ލަވޭރާގެ ޕިއްޒާ ޑެލިވަރީ ކުރަނީ -- ފޮޓޯ: ލަވޭރާ

ލަވޭރާ އިން އޯޑަަރު ކުރާ ކޮންމެ ޕިއްޒާ އަކާއެކު އެތަނުން ތައްޔާރުކުރާ ހާއްސަ ސޯސް އެއްވެސް ލިބޭނެ އެވެ. ލަވޭރާ އިން ދާދިފަހުން ވަނީ ލަވޭރާގެ ހާއްސަ ބްރައުނީ ޓްރޭވެސް ތައާރަފުކޮށްފަ އެވެ. ބްރައުނީ ޓްރޭއަށް ވެސް ކަސްޓަމަރުންގެ ތަރިހީބު ބޮޑުކަން ލަވޭރާ އިން ފާހަގަ ކުރެއެވެ.

ލަވޭރާގެ ކަސްޓަމާ ލޯޔަލިޓީ ޕްރޮގްރާމުވެސް ތަފާތެވެ. "ޕިއްޒާ ސޮސައިޓީ"ގެ ސްޓޭމްޕެއް އޯޑަރު ކުރާ ކޮންމެ ޕިއްޒާ އަކަށް ލިބޭނެއެވެ. ފަސް ސްޓޭމްޕު ހަމަވުމުން ޕާސްޓާ އެއް އަދި 10 ސްޓޭމްޕު ހަމަވުމުން ޕިއްޒާ އެއް ލިބޭނެއެވެ. ސްޓެމްޕް ޑައުންލޯޑުވާނީ ގޫގުލް ވޮލެޓު ނުވަތަ އެޕަލް ވޮލަޓަށެވެ.

ލަވޭރާގެ އޯތެންޓިކް ޕިއްޒާ މާލެއަށް ހިލޭ ޑެލިވަރީ ކޮށްދޭއިރު ވެބްސައިޓު މެދުވެރިކޮށް މެނޫ ބަލާލެވޭނެއެވެ. ފޯނުން އޯޑަރު ދިނުމުގެ އިތުރުން ފޭސްބުކް އަދި އިންސްޓަގްރާމު މެދުވެރިކޮށްވެސް އޯޑަރު ޕްލޭސް ކޮށްލެވޭނެއެވެ.

comment ކޮމެންޓް