އައްޒަގެ މެސެޖް: ރޭޕްކުރުން ދިފާއުކުރާ މީހެކޭ ރޭޕިސްޓެކޭ އެއްވަރުވާނެ

ބަތަލާ މަރިޔަމް އައްޒަ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭޕިސްޓުން ދިފާއުކުރާނީ ރޭޕިސްޓުންނާ އެއް ލެވެލެއްގެ މީހުން ކަމަށް ދިވެހި ފިލްމީ ދާއިރާގެ އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ ބުނެފި އެވެ.

އިއްޔެ އައްޒަ އިންސްޓަގްރާމް ސްޓޯރީއަށްލި ޕޯސްޓެއްގައި ބުނީ ރޭޕްގެ އަމަލު ހިންގީ އާއިލާގެ މެމްބަރެއް، ރަހުމަތްތެރިއެއް، ނުވަތަ ހަޔާތުގެ ބައިވެރިޔާ ކަމަށް ވީނަމަވެސް އެއްވެސް ތަފާތެއް ނެތްކަމަށެވެ. އައްޒަ ބުނީ ރޭޕިސްޓުން ވާނީ ހަމަ ރޭޕިސްޓުންނަށް ކަމަށެވެ. ބަތަލާ އައްޒަ ބުނީ އެފަދަ މައްސަލަތަކަށް އިންސާފު ބޭޏުންވާ ކަމަށެވެ. އަދި އެ ފަދަ މީހުންގެ ކިބައިން ސަލާމަތްކަން ބޭނުންވާ ކަމަށެވެ.

މި ދުވަސްވަރަކީ ސޯޝަލް މީޑިއާގެ އިތުރުން މީޑިއާތަކުގައި ވެސް ރޭޕިސްޓުންގެ ވާހަކަ ވަރަށް ބާރަށް ދެކެވެމުން އަންނަ ދުވަސްވަރެކެވެ. ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ރޭޕްގެ މައްސަލައެއްވެސް ފެންމަތިވެފައެވެ. ޖުމައްޔިލް ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ވަނީ އޭނާގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އެ އަންހެން މީހާ ބުނެފައިވަނީ، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޖުމައްޔިލް އެ އަމަލު އޭނާއާ މެދު ހިންގި އިރު، އޭނާ ވާނީ 17 އަހަަރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާއާއެކު ކުރިއަށް ރާވާފައިވާ ޕްރޮޖެކްޓްތަކުން ވަކި ކުރަން ޑާކްރެއިން އެންޓަޓެއިންމެންޓުން ޓީމުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް