17 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 17 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ ހާދިސާ ހިނގައިފައިވަނީ މެދު ރާއްޖެ ތެރޭގެ ރަށެއްގައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެ ކުޑަކުއްޖާ ބަލިވެ އިން މައްސަލަ ފުލުހުންނަށް ހުށަހެޅީ ސިއްހީ ފަރުވާދޭ ތަނަކުން ކަމަށެވެ.

އެ މައްސަލައިގައި ކުޑަ ކުއްޖަަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްރަން ޑިޕާޓްމެންޓުގެ ތަހުގީގް ޓީމަކުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގް ކުރަމުންދާ ކަމަށެވެ.

ދާދި ފަހުން ހަމަ މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖެއް ރޭޕްކޮށް ބަނޑުބޮނޑުވި މައްސަލައިގައި އުމުރުން 37 އަހަރުގެ ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މަައްސަަލައަކާއި، ބްލްކްމެއިލްކޮށްގެން 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތިވެފައެވެ.

އޭގެ އިތުރުން، މިދިޔަ މަހުގެ 26 ވަނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރާ ކެންޔާގެ އަންހެނަކަށް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

comment ކޮމެންޓް