ރޭޕްގެ ތުހުމަތާ އެކު ޑާކްރެއިންގެ ޕްރޮޖެކްޓްތަކުން ޖުމައްޔިލް ވަކިކޮށްފި

ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލް --

އެކްޓަރު މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އޭނާއާއެކު ކުރިއަށް ރާވާފައިވާ ޕްެރޮޖެކްޓްތަކުން ވަކި ކުރަން ޑާކްރެއިން އެންޓަޓެއިންމެންޓުން ނިންމައިފި އެވެ.

ޖުމައްޔިލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އަންހެނަކު ވަނީ އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ތަފްސީލުކޮށް ކިޔައިދީފައެވެ. ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އެ އަންހެން މީހާ ބުނެފައިވަނީ، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޖުމައްޔިލް އެ އަމަލު އޭނާއާ މެދު ހިންގި އިރު، އޭނާ ވާނީ 17 އަހަަރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޑާކްރެއިން އެންޓަޓެއިންމެންޓް އިން ބުނެފައިވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޖުމައްޔިލް އާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތައް އެކުންފުންޏަށް އެނގިފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ.

ޖުމައްޔިލް އާއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ކެންސަލުކޮށްލަން ނިންމިއިރު އޭނާ ލީޑް ރޯލުން ފެނިގެންދާ ފިލްމެއް ކަމަށްވާ "ނޮވެމްބަރު" މި މަހުގައި ދެއްކުމަށް ކުރީން ވަނީ ނިންމާފައެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމު ލަސްކޮށްފައިވާއިރު އެ ފިލްމުގެ ހުރިހާ މަސައްކަތެއް އެއްކޮށް އޮތީ ނިމިފައެވެ.

ކޮވިޑް-19 އަށް ފަހު ފިލްމު ލަސްކޮށްފައިވަނީ އަންނަ އަހަރުގެ ތެރޭގައި އެޅުވުމަށެވެ.

އެ ފިލްމު ސިނަމާގައި އެޅުވުމާ ގުޅޭގޮތުން މައުލޫމާތު ދެމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފައިވަނީ އެ ފިލްމު އެޚުވުމާ ގުޅޭގޮތުން އަދި އެެއްވެސް ގޮތެއް ނޭނގޭ ކަމަށެވެ.

ނޮވެމްބަރުގެ އިތުރުން "ބަޅިނދު" ކިޔާ ޕްރޮޖެކްޓަކުންވެސް ވަނީ ޖުމައްޔިލް އަށް ޖާގަ ލިބިފައެވެ. އެ ފިލްމުގެ މަސައްކަތްތައް އަދި ނިމިފައެއް ނުވެއެވެ. އެހެންކަމުން ޑާކްރެއިން އިން ބުނާގޮތުން ޖުމައްޔިލް އެ ޕްރޮޖެކްޓުން ވަކި ކުރާނެއެވެ.

ޑާކްރެއިން އިން އިތުރަށް ބުނެފައިވަނީ ޖިންސީ އަނިޔާ އަދި ރޭޕް ފަދަ ކަންތަކަށް ހިތްވަރުދޭޭ އެއްވެސް ވިސްނުމެއްވެސް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އެފަދަ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އެންމެހާ ފަރާތްތަކާއެކު އެކުންފުނިން އަބަދުވެސް ވާނެކަމުގެ ޔަގީންކަން ވަނީ ޑާކްރެއިން އިން ދީފައެވެ.

comment ކޮމެންޓް