އުރީދޫ އިން ވާވޭއާ ގުޅިގެން ނިއުނޯމަލް އާއި ޓެކްނޮލަޖީ އާގުޅޭ ވެބިނާއެއް

އުރީދޫ މޯލްޑިވްސް އިން ވާވޭ އާ ގުޅިގެން ނިއުނޯމަލް ގައި ޓެކްނޮލަޖީ ބޭނުންކޮށްގެން މަސައްކުރެވޭނެ ގޮތްތަކާ ގުޅޭ ވެބިނާއެއް ބާއްވަން ނިންމައިފިއެވެ.

އުރީދޫ އިން ބުނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ވާވޭ އާއެކު ކުރިއަށްގެންދާ މި ވެބިނާގައި، ކޮވިޑްގެ އާ އާންމު ހާލަތުގައި ޓެކްނޮލަޖީ ބޭނުންކޮށްގެން ވިޔަފާރީގެ ކަންތައް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ދޭނެ ކަމަށެވެ.

"އެޑެޕްޓިން ޓު ދަ ނިއު ނޯމަލް ވިތް ޓެކްނޮލަޖީ: ހައު އުރީދޫ އެންޑް ވާވޭ ކޭން ހެލްޕް" ގެ ނަމުގައި ބާއްވާ މި ވެބިނާ ފެށުމުގެ ގޮތުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވާހަކަ ދައްކަވާނެއެވެ.

އެގޮތުން ނިއުނޯމަލްގައި ޓެކްނޮލަޖީ އެންމެ އެދެވޭގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި ޓެކްނޮލަޖީ އަށް ކުރާ ހޭދަ އާއި ގުޅޭގޮތުން ނަޖީބްހާންގެ ވާހަކާގައި އަލިއަޅުވާލާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މި ވެބިނާ އޮންނާނީ މިމަހުގެ ހަ ވަނަ ދުވަހު، 11:00 ގައެވެ. ވެބިނާގެ ސްޕީކަރެއްގެ ގޮތުގައި ބައިވެރިވާނީ، ވާވޭ ސެޓިފައިޑް ސޮލިއުޝަން އާކިޓެކްޓެއް ކަމަށްވާ ޕާޔޭ ޕަޔޯ ހައެ ލޫކް އެވެ.

ވެބިނާގައި އަލިއަޅުވާލާ ބައިތައް--

ވެބިނާގައި ހިލޭ ރެޖިސްޓްރީ ވުމަށް: ore.do/webinar

comment ކޮމެންޓް