އެއާޕޯޓަށް މީހުން ފުރުވަން އެކަކު ދާން އެދެފި

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ މީހުން ފުރުވުމަށް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އެމްއޭސީއެލް އިން އިލްތިމާސް ކޮށްފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުފަތުރތައް މެދުކަނޑާލާއި އޮތުުމަށްފަހު ފުރަބަންދަށް ދިން ލުޔާއެކު އެތެރޭގެ ދަތުރުތައް ވަނީ ފަށައިފަ އެވެ.

އެމްއޭސީއެލް އިން ބުނީ ފަސިންޖަރުން ފުރުވުމަށާއި ލަފާތަނަށްވެސް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އެދޭ ކަމަށެވެ. ކޮވިޑް19ގެ ނުރައްކާ އަދިވެސް ކުޑަ ނުވާކަމަށާއި، ރައްޔިތުންނާއި މުވައްޒަފުންގެ ސަލާމަތައި ރައްކާތެރިކަމަށް އެކުންފުނިން އިސްކަންދޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިމަހުގެ 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރުތައްވެސް އާންމުކޮށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

އެމްއޭސީއެލް އިން ވަނީ ވީއައިއޭގެ ޓާމިނަލްތަކުގައި ގައިދުރުކުރުމުގެ ނިޝާންތައް ފާހަގަކޮށް، ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފަ އެވެ.

މީގެ އިތުރުން އެއާޕޯޓުގެ އާންމު ސަރަހައްްދުތަކާއި، ޓާމިނަލްތައް ގަވައިދުން ދަނީ ޑިސްއިންފެކްޓު ކުރަމުންނެވެ.

comment ކޮމެންޓް