ތިން އަހަރު ތެރޭގައި ނާގޯށި ތަރައްގީކުރަން އެމްޓީޑީސީ އަށް

ހދ. ނާގޯށި ތަރައްގީކުރުމަށް އެމްޓީޑީސީއާ އަލުން ހަވާލުކުރުން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ތިން އަހަރު ތެރޭހައި ހދ. ނާގޯށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް އެ ރަށް އޮޕަރޭޝަނަށް ގެންދިޔުމަށް އެމްޓީޑީސީ އަށް ހަވާލު ކޮށްފިއެވެ.

ނާގޯށިި ތަރައްގީކުރަން އެކި ފަހަރު މަތިން އެމްޓީޑީސީއާ ހަވާލު ކުރިނަމަވެސް އެ ކުންފުނިން އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެ ރަށް ހަދަން ދިން މުއްދަތުގައި ރަށް ހަދައި އޮޕަރޭޝަނަށް ގެނެސްފައި ނުވާތީ އެމްޓީޑީސީ އިން ރަށް ނެެގުމަށްފަހު އިންވެސްޓަރަކަށް ދޭންވެސް މީގެ ކުރިން ސަރުކާރުން ނިންމިއެވެ.

ނަމަވެސް ފަހުން އަނެއްކާވެސް އެރަށް 50 އަހަރަށް އެމްޓީޑީސީއަށް ދިނެއެވެ.

ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ނާގޯށީގެ މަސައްކަތް ނުނިމި ލަސްވުމުން އެމްޓީޑީސީއާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރި އެވެ. އަދި އަލުން އެ ރަށް ސަރުކާރުން އެ ކުންފުންޏާ 50 އަހަރަށް ހަވާލުކުރީ 2017 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު އެމްޓީޑީސީ އިން ވަނީ ރަނގަޅު އަގެއް ހުށަހަޅާ އިންވެސްޓަރަކަށް ރަށް ވިއްކާލަން ވެސް ނިންމައިފައެވެ.

ހދ. ނާގޯށި

އެޓާނީ ޖެނެރަލްގެ ލަފަޔާ އެއްގޮތަށް ކުރީގެ އެގްރިމެންޓު ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން އެމްޓީޑީސީއާއެކު މިއަދު ސޮއިކުރި އާ އެއްބަސްވުމުގެ ދަށުން އެމްޓީޑީސީއަށް ނާގޯށި ދިނީ އަނެއްކާވެސް 50 އަހަރަށެވެ. އެއްބަސްވުމުގައި ބުނާގޮތުން 36 މަސްތެރޭ ރަށް ހަދައި އޮޕަރޭޓުކުރަން ފަށަން ޖެހެއެވެ.

މީގެ ކުރިން އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރު ތަޒްމީލް އަބްދުލްސަމަދު ވިދާޅުވީ ހދ. ނާގޯށީގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ ރިސޯޓް ތަރައްގީކޮށް ނިންމައި އޮޕަރޭޝަނަށް ގެނެސް ކުންފުންޏަކީ ފައިދާވާނެ ކުންފުންޏަކަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

https://sun.mv/125283

އެމްޓީޑީސީއަށް މާބޮޑު ގެއްލުމާ ކުރިމަތިވާން ފެށުމުން އެ ކުންފުންޏަށް ރިސޯޓް ހަދަން ހަވާލުކޮށްފައި ހުރި ރަށްތައް ކުރީގެ ސަރުކާރުގައި ވަނީ ދޫކޮށްލައިފަ އެވެ. އެ ކުންފުންޏަށް ހަމައެކަނި އާމްދަނީ ލިބެނީ އެ ކުންފުންޏަށް ލިބިފައިވާ ރަށްތަކެއް ސަބްލީޒްކޮށްގެން އެ ރަށްތަކުގެ ކުލީގެ ގޮތުގަ އެވެ. އޭގެ ތެރެއިން ދެ ރަށެއް އެ ކުންފުނިން ވަނީ އެއްކޮށް ވިއްކައިވެސް ލައިފަ އެވެ.

ޓޫރިޒަމް ވިޔަފާރީގެ ނަފާ އާންމު ދިވެހިންނަށް ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާއާއެކު އުފެއްދި ކުންފުންޏަށް މިދިޔަ 11 އަހަރުވެސް ގެއްލުންވެ ފައިދާ ބަހާފައެއް ނުވެ އެވެ. ނަމަވެސް 11 އަހަރަށްފަހު، އެކުްނފުނިން ވަނީ 2019 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާ ދާރުންނަށް ފައިދާ ބަހަން ނިންމައިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީގެ އަގު 10 ރުފިޔާގެ ހިއްސާއަކަށް 0.50 ލާރި ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފައެވެ.

https://sun.mv/139303

އެމްޓީޑީސީގެ ދަށުން ތަރައްގީކޮށް، މިވަގުތު ހިންގަމުން އަންނަނީ މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބްލީޒްކޮށްގެން ހިންގާ ބ. ކިހަވަށް ހުރަވަޅ (އަނަންތާރާ ކިހަވަށް ވިލާޒް) އަދި ތުރުކީގެ އަހްމެޓް އައިދެިެޒް ކުންފުންޏަށް ސަބްލީޒް ކޮށްގެން ހިންގާ ގދ. މަގުދުވާ (އަޔާދާ މޯލްޑިވްސް)އެވެ.

comment ކޮމެންޓް