ދިރާގު ޕްލޭއަށް ސޮނީގެ ހުރިހާ ޗެނަލްތައް އިތުރުކޮށްފި

"ދިރާގު ޕްލޭ" މޮބައިލް އެޕްލިކޭޝަނަށް ސޮނީގެ ހުރިހާ ޗެނަލްތައް އިތުރުކޮށްފި އެވެ.

ދިރާގު ޕްލޭއަކީ ލައިވް ޓީވީ އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައިވެސް ބަލާލެވޭ ގޮތަށް ހަދާފައިވާ މޮބައިލް އެޕްލިކޭޝަނެކެވެ.

ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕަށް އަލަށް އިތުރުކުރި "ޕްލޭ މޯ" ޕެކޭޖް އިންޓްރޯޑަކްޓަރީ އޮފާގެ ދަށުން 30 ރުފިޔާއަށް އެޕްލިކޭޝަނަށް ސަބްސްކްރައިބް ކުރެވެ އެވެ.

މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު 34 ޗެނަލް ބަލާލެވޭނެ އެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓިވޭޓް ކުރާތާ 30 ދުވަހެވެ.

ދިރާގު ޕްލޭއަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕަކީ އެންމެ ފަހުގެ ސްޓްރީމިންގ ހިދުމަތްތަކުގައި އެކުލެވޭ ޒަމާނީ ފީޗާތައް ހިމަނައިގެން ފަރުމާ ކޮށްފައިވާ އެޕެކެވެ.

އެގޮތުން މި އެޕުން ޕްރޮގުރާމްތައް ރިކޯޑްކޮށް، އަދި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާވެސް ލެވޭނެ އެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުންދާއިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ވެސް ބަލާލެވޭނެ އެވެ.

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯއިން އަދި ދިރާގު ވެބްސައިޓުން ހިލޭ ޑައުންލޯޑް ކޮށްލެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް