އިތިއޯޕިއާގެ ލަވަކިޔުންތެރިއެއްގެ މަރާ ގުޅިގެން ކުރިއަށްދާ މުޒާހަރާގައި 50 މީހުން މަރުވެއްޖެ

މަރުވި އިތިއޯޕިއާގެ ލަވަކިޔުންތެރިޔާ ހަޗަލޫ ހުންދެސާ

އިތިއޯޕިއާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ހަޗަލޫ ހުންދެސާގެ މަރާ ގުޅިގެން ކުރިއަށްދާ މުޒާހަރާގައި 50 މީހުން މަރުވެއްޖެ އެވެ.

ކާރުގައި ދަތުރުކުރަނިކޮށް މިދިޔަ ހޯމަ ދުވަހު ހަޗަލޫ ވަނީ މަރާލައިފަ އެވެ.

އުމުރުން 34 އަހަރުގެ ހަޗަލޫ މަރާލީ ކީއްވެގެކަމެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އިތިއޯޕިއާގެ ފުލުހުން ބުނީ އެ މައްސަލައިގައި މިހާރު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެެ.

ހަޗަލޫ އަކީ އިތިއޯޕިއާގެ އޮރޯމޯ ދަރިކޯޅަށް ނިސްބަތްވާ މީހެކެެވެ. އޭނާ ވަނީ އެ ދަރިކޮޅުގެ ހައްގުގައި ތަފާތު ލަވަތައް ކިޔައިފަ އެވެ. މީގެ ދެ އަަހަރުކުރިން އިތިއޯޕިއާގައި ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާތަކުގައި އޭނާގެ ލަވަތައް ވަރަށް ބޮޑަށް އަޑުއިވިގެން ދިޔައެވެ. އެ މުޒާހަރާތަކާ ގުޅިގެން އޭރު ވެރިކަން ކުރައްވަމުން ދިޔަ ބޮޑުވަޒީރުވަނީ އިސްތިއުފާވެސް ދެއްވައިފަ އެވެ.

އޮރޯމޯއަކީ އިތިއޯޕިއާގެ އާބާދީގެ މެޖެރިޓީ ދަރިކޮޅުވެސްމެެ އެވެ. ނަަމަވެސް އެމީހުންނަށް ހައްގުތައް ނުލިބޭކަމަށް ބުނެ އެވެ

ހަޗަލޫ މީގެ ކުރިން ބުނީ އޭނާއަށް މަރުގެ އިންޒާރު ލިބެމުން ދިޔަ ކަމަށެެވެ. އޭނާ މިއަދު ވަޅުލުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތިއޯޕިއާގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ބައެއް ހިސާބުތަކުގެ އިންޓަނެޓްވެސް ވަނީ ކަނޑާލައިފަ އެވެ. އަދި އެގައުމުގެ ވެރިރަށް އެޑިއަސް އަބާގެ އަމަން ބެލެހެއްޓުމަށް ވަނީ ސިފައިންވެސް ނެރެފަ އެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ބުނީ އަޑިއަސް އަބާގައި ހަތިޔާރު އެޅި ގޭންގްތަކުން މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެެވެ. -- ބީބިސީ

ގުޅޭ ޓެގު
comment ކޮމެންޓް