ޓޫރިޒަމަށް އެހީވުމަށް އައިއެފްސީއިން ބީއެމްއެލްއަށް 50 މިލިއަން ޑޮލަރާ ހަމަޔަށް ލޯނުދެނީ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައި ވޯލްޑް ބޭންކު ގްރޭޕްގެ މެންބަރެއްކަމަށްވާ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް 50 މިލިއަން ޑޮލަރާ ހަމަޔަށް ލޯނު ދޫކުރުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީފޯރުކޮށްދިނުމަށާއި، ވަޒީފާތައް ގެއްލިގެން ދިޔުމުން ރައްކާތެރިކަން ހޯދައިދިނުމަށާއި ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށްކުރަމުންދާ ނޭދެވޭ އަސަރުކުޑަކުރުމަށް ކުރަމުންދާ މަަސައްކަތްތަކަށެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ދޫކުރާ މި ލޯނު ފެސިލިޓީގެ ދަށުން ފުރަތަމަ 20 މިލިއަން ޑޮލަރު ދޫކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ.

މިއީ އައިއެފްސީގެ ފަރާތުން ގައުމުތަކަށް އެހީތެރިވުމަށް ހިންގޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި ލޯނުގެ ސަބަބުން ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތައް ހިންގުމަށް މުހިންމުވެފައިވާ ފައިސާ އެ ވިޔަފާރިތަކަށް ލިބި، އެކަމުން ވިޔަފާރިތަކަށް ނަފާލިބިގެންދާނެއެވެ. އަދި މުޅިން ކަށަވަރު ނުކުރެވުކަމުގައި ވިޔަސް، އިތުރު 50 މިލިއަން ޑޮލަރުގެ ލޯނު ބީއެމްއެލް އަށް ދޫކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާކަމަށް ބީއެމްއެލް އިން ބުންޏެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ގައުމުގެ ޖީޑީޕީގެ 3/2 ހިއްސާކުރާއިރު އެ ދާއިރާއިން ރާއްޖޭގެ އެކްސްޕޯޓްގެ 80 އިންސައްތަ އާއި ގައުމަށް ލިބޭ އާމްދަނީގެ 40 އިންސައްތަވެސް ހިއްސާކުރެ އެވެ. އަދި ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކޮށް ގައުމަށް މިވޭތުވެދިޔަ އަހަރުތަކުގައި އައިސްފައިވާ ކުރިއެރުމުގެ ފަހަތުގައިވެސް ވަނީ ފަތުރުވެރިކަމުގެ ދާއިރާ އެވެ. ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުމާއެކު ފަތުރުވެރިކަން މުޅިންހެން މަޑުޖެހިގެން ދިޔުމާއެކު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއްވެގެންދާނެކަމަށް ބެލެވެނީ ރާއްޖެއަށް ކަމަށްވެފައި، ލަފާކުރުންތަކަށް ބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 13 އިންސައްތައިގެ މިންވަރަކަށް ވެއްޓޭނެކަމަށް ބެލެވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމޯތީ ސޯޔާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެކުރީގައި އޮތް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިން މިހާރުވެސް ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ޝޯޓް ޓާމް ފައިނޭންސިން ޕްރޮގްރާމެއް ތައާރަފްކޮށްފައިވާނެ ކަމަށެވެ.

"އައިއެފްސީ އިން ދޫކުރާ އެތައް މިލިއަން ޑޮލަރުގެ މި ލޯނަކީ ވަރަށް އެކަށޭނެ ވަގުތެއްގައި އަދި އެހެންމެ މިހާރުގެ ހާލަތުން އަރައިގަތުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޭނުންތެރި އެހީއެއްވެސްމެ." ޓިމް ވިދާޅުވި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށްވާންފެށިއިރު، މާޗް މަހު ފަތުރުވެރިކަން ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 63 އިންސައްތަ ދަށްވެފަ އެވެ.

ރާއްޖޭގެ ބޯޑަރު މާރޗު މަހު ތެރޭގައި ބަންދުކުރުމާއެކު މިވަނީ ސުމަކަށް ވެއްޓިފަ އެވެ.

ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ ތިންބައި ކުޅައެއްބައި އަދި އަންހެންނުންގެ ހަތަރުބައި ކުޅައެއްބައި މީހުން ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތުގައި ބައިވެރިވާކަމަށް ލަފާކުރެވެއެވެ. ދާދި ފަހުން އޫއެންޑީޕީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އިން ޝާއިއުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި، ރިސޯޓްތަކުގައި މަސައްކަތްކުރާ 22،000 ދިވެހިންނަށްވަނީ ކޮވިޑް-19 އާ ގުޅިގެން ސީދާ ގެއްލުން ލިބިފަ އެވެ.

"ރާއްޖޭގެ ފަތުރުވެރިކަަމަކީ އިގްތިސާދުގެ މައި ނާރަށްވެފައި، ފަތުރުވެރިކަން ނަގައި ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން ބަލައިގަންނަން. ފަތުރުވެރިކަމަށް މިހާރު ކުރިމަތިވެފައިވާ ނާޒުކު ހާލަތުން އަރައިގަތުމަށް އެންމެން ގުޅިގެން، ފަހެލި އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ." އައިއެފްސީއިން ރާއްޖެ އަދި ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ މެނޭޖަރ އަމީނާ އާރިފް ވިދާޅުވި އެވެ.

އައިއެފްސީގެ ފަރާތުން ބީއެމްއެލް އަށް ދޫކުރާ މިފައިނޭންސް އާއެކު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ހުޅުވާލެވި އެންމެ ބޮޑު ސނާއަތްކަމަށްވާ ފަތުރުވެރިކަމަށާއި ބޭންކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޭގެ ނަފާ ލިބިގެންދާނެ ކަމަށާއި ގައުމު ބިނާކުރުމަށް ބޭނުންވާ އިތުރު އެހީފޯރުކޮށްދިނުމަށް އައިއެފްސީ އިން ތައްޔާރަށް އޮތްކަމަށް އަމީނާ ވިދާޅުވިއެވެ.

އައިއެފްސީއިން ވަނީ 1983 ވަަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޕްރައިވެޓް ސެކްޓަރއަށް އެހީވުމަށް 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްފަ އެވެ.

https://sun.mv/139017

ބީއެމްއެލްއިން އެކި ފަރާތްތަކާ ގުޅިގެން ރިސޯޓުތަކަށާއި ގެސްޓްހައުސް ސިނާއަތަށް ބޭނުންވާ ފައިސާ ދޫކުރުމަށްޓަކައި 20 މިލިއަން ޑޮލަރުގެ ލެންޑިންގް ސްކީމެއް ކުރިއަށްގެންދިޔައިރު ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކް (އީއައިބީ)އިން ސަރުކާރަށް ދޭ ލޯނުގެ 20 މިލިއަން ޔޫރޯ ދޫކުރާނީ ބީއެމްއެލް މެދުވެރިކޮށެވެ.

https://sun.mv/138524

comment ކޮމެންޓް