އުއްމީދުނުކޮށް ހުއްޓާ ސޮފްވަތަށް ލިބުނު އިނާމުން ރައްޓެހިންނާ އާއިލާ އަށް އެހީވާނެ

ރެޑްވޭވްގެ ރޯދަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ --- ސަން ފޮޓޯ

އަހަރުގެ އެކި ދުވަސްވަރާ ދިމާކޮށް ވިޔަފާރިތަކުން ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ. ބޮޑެތި ފައިސާގެެ އިނާމުތައް ލިބޭ މި ޕްރޮމޯޝަންތަކުގައި ބައެއް މީހުން ބައިވެރިވަނީ އެ އިނާމު ލިބިއްޖެނަމަ ކުރާނެ އެތައް ކަމެއް ކަނޑައަޅައިގެންނެވެ. އިނާމު ލިބޭތޯ އެތައް ބައިވަރު ކޫޕަނެއް ފުރާ ފޮއްޓަށް އަޅައެވެ. ކަލީ ޑްރޯ ނަގާ ދުވަހުގެ އިންތިޒާރުގައި ދުވަސްތައް ގުނާލަ ގުނާލަ ތިބެއެވެ.

އަހަރުގެ ތެރޭގައި އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދާ އެއް ވިޔަފާރިއަކީ ރެޑްވޭވްއެވެ. ރެޑްވޭވަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ސުޕަމާކެޓުތައް ހިންގާ ކުންފުންޏެވެ. މާލެ އާއި ހުޅުމާލޭގައި ރެޑްވޭވުގެ 11 ފިހާރަ ހިންގާއިރު މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ރެޑްވޭވުން ވަނީ އަގުބޮޑު އިނާމުތަކެއް ދޫކޮށްލި ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެއްވަނައަށް އެއްލައްކަ ރުފިޔާ ކަނޑައަޅައިގެންް ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ޖޫން މަހުގެ 24 ވަނަ ދުވަހު ވަނީ ހޮވައިފައެވެ. މި ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒް ލިބުނު ނަސީބުވެރިޔަކީ އަހުމަދު ސޮފްވަތު އެވެ. ސޮފްވަތަށް އިނާމު ހަވާލުކުރުމަށް މިއަދު ރެޑްވޭވް މެގަމޯލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

https://sun.mv/138979

އިނާމާ ހަވާލުވުމަށްފަހު، "ސަން" އާ ވާހަކަ ދައްކަމުން ސޮފްވަތު ބުނީ ލަކީޑްރޯގައި ބައިވެރިވުމަށް ގިނަ ކޫޕަންތައް ފުރިކަމަށެވެ. އެކަމަކު މީގެ ކުރިންވެސް މިކަހަލަ ޕްރޮމޯޝަންތަކުގައި ބައިވެރިވެ ނަސީބުއަތުގައި ހިފާފައި ނުވާތީ މިފަހަރުވެސް އެއްވެސް އުއްމީދެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"ރެޑްވޭވް މެގަ މޯލްއިންވެސް ހުޅުމާލޭގައި އެކޮޅުގައި ހުންނަ ރެޑްވޭވް ފިހާރައިންވެސް ވިޔަފާރި ކުރިން. މާލެ ފިހާރައަކުންވެސް. ރޯދަ މަހަށް ގެއަށް ބޭނުންވާ ގިނަ ސާމާނު ގަތިން،" ސޮފްވަތު ބުންޏެވެ.

އޭނާ ބުނީ ރެޑްވޭވުގެ ފިހާރަތަކުން ރޯދަމަހަށް ހާއްސަކޮށް ގާތްގަނޑަކަށް 16،000 ރުފިޔާގެެ ވިޔަފާރި ކުރި ކަމަށެވެ. އާންމުކޮށް ގެއަށް ބޭނުންވާ ސާމާނުވެސް ގަންނަނީ ރެޑްވޭވުގެ ފިހާރަތަކުން ކަމަށް ސޮފްވަތު ބުންޏެވެ.

"އަނެންހެން އުއްމީދެއް ނުކުރަން. ކޫޕަން ފުރަން އުޅެފަ ހިތަށްއެރި ދެން ފުރާލާނީ އޭ. ކިޔާފައި ފުރާލީ. އުއްމީދެއް ނުކުރަން ލިބޭނެ ކަމަކަށް،" ސޮފްވަތު ބުންޏެވެ.

ޕްރޮމޯޝަނަކުން ލިބުނު ފުރަތަމަ ހަދިޔާ އާއެކު ސޮފްވަތު ހުރީ ވަރަށް އުފަލުންނެވެ.

"ރައްޓެހިންނާއެކު ކުޑަކޮށް ކާލާ، ފެމެލީ މީހުންނަށް ހަދިޔާ ދީ އެހީވަން ވިސްނާފައި އޮތީ،" ސޮފްވަތު ބުންޏެވެ.

އޭނާ ވަނީ މިފަދަ ހަދިޔާތައް ދޫކޮށްލާ ޕްރޮމޯޝަންތައް ރެޑްވޭވުން ކުރިއަށް ގެންދާތީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

comment ކޮމެންޓް