ފުރަބަންދާ ހިލާފުވި މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި

ފުރަބަންދާ ހިލާފުވި މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް މީހަކު ހޯދަން ފުލުހުން މިއަދު އޭނާގެ ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފި އެވެ.

ފުރަބަންދާ ހިލާފުވެގެން ފުލުހުން ހޯދަނީ ހއ. ކެލާ، ކުރަނގާފުށި، އަހްމަދު ރަޝީދު (40އ) އެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނެފައި ވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާކަމަށެވެ.

އަދި އޭނާ އުޅޭ ވަކިތަނެއް އާއިލާއަށްވެސް ނޭނގޭ ކަމަށާއި އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އޭނާ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ހައިސިއްޔަތު ކަމުގައި ބުނެފައި ވަނީ ފުރަބަންދާ ހިލާފުވި މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށެވެ.

އެހެންކަމުން މި މަހުގެ އަށްވަނަ ދުވަހުގެ 11:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވާން އޭނާއަށް ފުލުހުން ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް