އެމްއައިބީގެ ކޭޝްބެކް ޕްރޮމޯޝަންގެ ތަރުޙީބު ބޮޑުވެ މިމަހުގެ ނިޔަލަށް

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކޭޝްބެކް ޕްރޮމޯޝަންގެ އާ ބުރެއް ފަށައިފި އެވެ.

އެމްއައިބީ އިން ބުނީ ޕްރޮމޯޝަންގެ އިތުރު ބުރެއް ފެށީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ކޮމެންޓްތަކާއި ތަރުޙީބު ބޮޑުކަމުން ކަމަށެވެ.

ޖޫން އެކަކުން އިން 30ގެ ނިޔަލަށް ކުރިޔަށް ދިޔަ މި ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ނަސީބުވެރިން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް އެމްއައިބީއިން ބުންޏެވެ.

މި ޕްރޮމޯޝަންގައި 2 ޕަސެންޓް ކޭޝްބެކްގެ އިތުރުން, ބައެއް ފިހާރަތަކުން އެމްއައިބީގެ ކަސްޓަމަރުންނަށް އެކިވަރުގެ ޑިސްކައުންޓުތަށް ލިބޭނެއެވެ. އިތުރު ޑިސްކައުންޓް ލިބޭނެ ފިހާރަތަކާއި, ރެއްސްޓޯރެންޓް ތަކުގެ މަޢުލޫމާތު, ބޭންކުގެ ފޭސްބުކް ޕޭޖް fb.com/MaldivesIslamicBank އަދި ވެބްސައިޓުން mib.2.vu/DisMer ލިބޭނެ އެވެ.

ޕްރޮމޯޝަންގެ މި ބުރުގައިވެސް، އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 10،0000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ޕްރޮމޯޝަންގައި ބައިވެރިވާ އިތުރު ހަތަރު މީހަކަށް 2،500 ރުފިޔާ ކަނޑައަޅާފައިވާއިރު އެއް ވަނަ އަށް ހޮވޭނީ އެންމެ ގިނަ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރު ކަމަށް އެމްއައިބީ އިން ބުންޏެވެ.

ކޭޝްބެކް ޕްރޮމޯޝަން އަށް އުންމީދު ކުރިވަރަށް ވުރެން ރަނގަޅު ތަރުޙީބެއް ލިބުނުކަމަށާއި އަދި އެކަމަށްޓަކައި ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ޝުކުރު އަދާކުރާކަމަށް އެމްއައިބީން ބުންޏެވެ. ޕްރޮމޯޝަންގެ ދަށުން އިތުރު ފިހާރަ، ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތްދޭ ތަންތަނުންވެސް ޑިސްކައުންޓު ލިބޭނެ ކަމަށް އެބޭންކުން ބުންޏެވެ.

އެމްއައިބީގެ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ފިހާރަތަކުން [email protected] އައް އީމެއިލް ކުރެއްވުމުން އެކަމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށްވެސް އެމްއައިބީ އިން ބުންޏެވެ.

comment ކޮމެންޓް