ރާއްޖެއިން ވައިގެ މަގުން އެންމެ ގިނަ ކާގޯ ބޭރުކުރީ އިއްޔެ

ޓާކިޝްއެއާލައިނުގެ ފްލައިޓަށް ކާގޯ އަރުވަނީ -- ފޮޓޯ: އެމްއޭސީއެލް

ވައިގެ މަގުން އެންމެ ގިނަ އަދަދެއްގެ ކާގޯ ބޭރުކުރި ދުވަހަކީ އިއްޔެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ރޭ ބުނީ ޓާކިޝް އެއާލައިނުގެ ކާގޯ ފްލައިޓެއްގައި ގިނަ އަދަދެއްގެ މަހާއި ސީފުޑްގެެ ބާވަތްތައް އެކްސްޕޯޓުކޮށްފައިވާ ކަމަށެވެ.

މިއީ މިއަހަރުގެ ތެރޭ ސިންގަލް ފްލައިޓަކު އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ފަހަރު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެގޮތުން 32.2 ޓަނުގެ ގަނޑުކުރި މަހާއި އެއް ޓަނުގެ ލައިވް ފިޝް، ޔޫރަޕަށް އެކްސްޕޯޓުކޮށްފައިވާއިރު، 1.2 ޓަނުގެ ފިނިކުރި ލަނޑާ، ފާ އީސްޓަށް އެކްސްޕޯޓުކޮށްފައިވެ އެވެ.

ޓާކިޝް އެއާލައިނުގެ ފްލައިޓުގައި ރޭ ޖުމްލަ 33.4 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށްފައިވެ އެވެ.

ކޮވިޑް19 އާއި ގުޅިގެން ކޮމާޝަލް ޕެސެންޖާ ދަތުރުތައް ހުއްޓާލާފައިވީނަމަވެސް، ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށާއި ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓު ކުރުމަށް ކާގޯ ފްލައިޓްސް ތައް ދަނީ ބާއްވަމުންނެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ކޮމާޝަލް ފަސިންޖަރު ފްލައިޓުތަކަށްވެސް ހުޅުވާލާނެ އެވެ.

comment ކޮމެންޓް