"ކޮފީ ވިތު ކަރަން" ދެއްކުން ހުއްޓާލަނީ

ކޮފީ ވިތު ކަރަންގެ ޕޯސްޓަރެއް--

ޕްރޮޑިއުސަރު ކަރަންޖ ޖޯހަރުގެ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ދެއްކުން އެއްކޮށް ހުއްޓާލަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ސޯޅަ އަހަރު ކާމިޔާބު ކަމާއެކު އެ ޝޯ ދެއްކުމަށްފަހު އެ ޝޯ ދެއްކުން ހުއްޓާލަން ނިންމީ ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރާއެކު ކަރަން ޖޯހަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ކަރަަން ގެ "ކޮފީ ވިތު ކަރަން" އަކީ މީހުންގެ ޒާތީ ކަންތައްތަކާ ބެހި އެ ވާހަކަތައް ދައްކާ ޝޯއެއް ކަމުން ގިނަ ތަރިން މި ޝޯގައި ބައިވެރިވުމަށް ހިތެއް ނޭދެ އެވެ. ނަމަވެސް ކަރަން ފަދަ ނުފޫޒުގަދަ މީހަކު އެދުމުން އެ ޝޯ އަށް ނޫނެކޭ ބުނަން އެކްޓަރުންނަށް ނުކެރެނީ އެވެ.

ބޮލީވުޑްގެ ކާމިޔާބު ރަންބީރު ކަޕޫރު ވަނީ އެ ޝޯ އާ ބެހޭ ގޮތުން މީޑިއާތަކުގައި ވާހަކަވެސް ދައްކާފަ އެވެ. އޭނާ ބުނީ ކަރަން ގެ ޝޯ އަކީ އެއްގޮތަކަށް ވެސް އޭނާއަށް ކަމުދާ ޝޯއެއް ނޫން ކަމަށާއި މީހުންގެ ޒާތީ ކަންތައްތަކާ ބެހޭތީ ޝޯ ގައި ބައިވެރިވާންވެސް ބޭނުންނުވާ ކަމަށެވެ. ކޮފީ ވިތު ކަރަން ގައި ބައިވެރިވާން ކަރަން އެދުމުން ވެސް އެކަމާ ވަރަށް ދެކޮޅު ހެދިކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ހަބަރުތައް ބުނާގޮތުގައި ސުޝާންތު މަރުވުމާއެކު ކަރަން އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއެކު ސްޓާ ވޯލްޑުން ވަނީ އެ ޝޯ އެއްކޮށް ދެއްކުން މެދުކަނޑާލާނެކަމަށް ބުނެފަ އެވެ.

comment ކޮމެންޓް