ކޮވިޑް19 އިން ރައްކާތެރިވާން މާސްކާއި ސެނިޓައިޒާ އެސްޓާސްއިން

މާޗް 2، 2020: އެސްޓަރސްއިން ރޯދަ ސޭލް އެޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ބޭހެއް އަދި ވެކްސިނެއް ހޯދެންދެން، މިހާރު ޖެހިފައި މިއޮތީ އެ ބައްޔާއެކު އުޅެން ދަސްކުރުމަށެވެ. ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ފަރުދީ ޒިންމާއެކެވެ. ސިއްހީ މާހިރުންނާއި ކަމާބެހޭ ފަރާތްތަކުން އަބަދު އިލްތިމާސް ކުރަމުންދަނީ ސާފުތާހިރުކަމަށް ސަމާލުވެ، އަތްދޮވެ ހެދުމަށާއި ބޭރަށް ނިކުމެ އުޅޭއިރު މާސްކު ބޭނުން ކުރުމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަތް ދޮވެ ސާފު ކުރުމަށް ބޭރުގައި އުޅޭއިރު ހޭންޑް ސެނިޓައިޒާ ބޭނުން ކުރުުމަށްވެސް އެ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

މިހާލަތުގައި، ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ބޭނުންކުރާނެ ސާމާނު ފަސޭހަކަމާއެކު އެއްތަނަކުން ހޯދަން ބޭނުންވެއްޖެނަމަ، އެންމެ ފުރަތަމަވެސް ހިޔާރު ކުރަންވީ އެސްޓާސްއެވެ. ފޭސްމާސްކާއި ހޭންޑް ސެނިޓައިޒާގެ އިތުރުން އަންގި އާއި ފޭސް ޝީލްޑުވެސް އެސްޓާސް އިން ލިބޭނެއެވެ.

އެސްޓާސް އިން ވިއްކާ ޑިސްޕޯސެބްލް ފޭސްމާސްކް އަކީ ޗައިނާގެ އުފެއްދުމެކެވެ. އީޔޫ 2017/745 ކްލާސް އެކެއްގެ ވެރިފިކޭޝަން ލިބިފައިވާ މި މާސްކަށް އިންޓަނޭޝަނަލް ސްޓޭންޑާޑް ސެޓިފިކޭޝަން ލިބިފައިވެއެވެ. CE / EN14683 Certified މި މާސްކަކީ ނޯޒް ބާ އެޑެޕްޓެބަލް، ހައި ބެކްޓީރިއަލް ފިލްޓަރޭޝަން އެފިޝިއަންސީ ލިބިފައިވާ މާސްކެކެވެ. އެސްޓާސް އިން 50 މާސްކުގެ ފޮއްޓެއް ވިއްކަނީ 675 ރުފިޔާ އަށެވެ.

އެސްޓާސް އިން ފޭސް ޝީލްޑުވެސް ގަންނަން ލިބޭނެއެވެ. ޑަބަލް ސައިޑް އެންޓި ފޮގް ފޭސް ޝީލްޑަކީ އަޅައިގެން އުޅެން ފަސޭހަ، ލުއި އުފެއްދުމެކެވެ. ކުޅާއި ކިލާ އަދި އެހެނިހެން ޑްރޮޕްލެޓްސްތަކުން މުޅި މޫނު ރައްކާތެރިކޮށްދޭ ފޭސް ޝީލްޑުގެ 10 ޕީސްގެ ސެޓެއް ވިއްކަނީ 790 ރުފިޔާ އަށެވެ. 100 ފޭސް ޝީލްޑު 6،900 ރުފިޔާ އަށް އަދި 1000 ފޭސް ޝީލްޑު 49،000 ރުފިޔާ އަށް ލިބޭނެއެވެ.

އެސްޓާސްގެ ހެލްތު އެންޑް ސޭފްޓީ ސެކްޝަނުން ހޭންޑް ސެނިޓައިޒާވެސް ލިބޭނެއެވެ. ފީބަސް ބަޔޯ ބްރޭންޑުގެ ސްޕްރޭ ފުޅީގެ އިތުރުން ހޭންޑް ސެނިޓައިޒާ ޖެލްވެސް ލިބޭނެއެވެ. 100 އެމްއެލްގެ ފުޅިއެއްގެ އަގަކީ 75 ރުފިޔާއެވެ. ނުވަ ފުޅީގެ ޕެކުގެ އަގު އުޅެނީ 650 ރުފިޔާ އަށެވެ. މިއީ 70-80 ޕަސެންޓް އަލްކަހޯލް ހިމެނޭ އުފެއްދުމެކެވެ. މި ބްރޭންޑުގެ ލިކުއިޑް ހޭންޑް ސެނިޓައިޒާ އެއް ލިޓަރުގެ ފުޅިއެއް 175 ރުފިޔާ އަށް ލިބޭނެއެވެ. 500 އެމްއެލްގެ ހޭންޑް ސެނިޓައިޒާ ޖެލް ފުޅީގެ އަގަކީ 500 ރުފޔާ އެވެ. މިއީ ސީއީ ސެޓިފައިޑް އުފެއްދުމެކެވެ.

އެސްޓަސްް އިން ޑެލީ ބްރޭންޑުގެ ހޭންޑް ސެނިޓައިޒާވެސް ވިއްކައެވެ. މި އެންޓިސެޕްޓިކް ހޭންޑް ސެނިޓައިޒާ ޖެލްގައި 75 ޕަސެންޓު އަލްކަހޯލް ހިމެނޭނެއެވެ. މި ބްރޭންޑުގެ ހޭންޑް ސެނިޓައިޒާ ޖެލް އަދި ލިކުއިޑްހޭންޑް ސެނިޓައިޒާ އެސްޓާސް އިން ލިބޭނެއެވެ. އަގު އުޅެނީ 28 ރުފިޔާ އިން ފެށިގެން 120 ރުފިޔާ އާއި ދެމެދުއެވެ.

އެސްޓާސްގެ ހެލްތު އެންޑް ސޭފްޓީ ސެކްޝަނުން ބަންޑަލް ކޮށްވެސް ގަނެވޭނެއެވެ. އެގޮތުން ފޭސްމާސްކާއި ފީބަސް ބަޔޯ ހޭންޑް ސެނިޓައިޒާ ހިމެނޭ ބަންޑްލް 1،549 ރުފިޔާ އަށް ލިބޭއިރު މީގައި ހިމެނެނީ ނުވަ ފުޅި ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކު ފޮއްޓެކެވެ.

ފޭސްމާސްކާއި އަންގި އަދި ހޭންޑް ސެނިޓައިޒާގެ 12 ފުޅި ހިމެނޭ ބަންޑްލް 1،599 ރުފިޔާއަށް ލިބޭއިރު ފޭސްމާސްކު ފޮއްޓަކާޢެކު 10 ފުޅި ހޭންޑް ސެނިޓައިޒާގެ ބަންޑްލްގެ އަގު އުޅެނީ 1،299 ރުފިޔާ އަށެވެ.

އެސްޓާސްއިން ވިއްކާ ހެލްތު އެންޑް ސޭފްޓީ ސާމާނަކީ އިންޓަނޭޝަނަލަނީ ސެޓިފައިޑް އެފްޑީއޭ އެޕްރޫވްޑް ސާމާނެވެ.

comment ކޮމެންޓް