ސްޓެލްކޯ އެޕުން ބިލުދައްކައިގެން 1000 ރުފިޔާ ހޯދުމުގެ ފުރުސަތު

ސްޓެލްކޯގެ އެޕްލިކެޝަން މެދުވެރިކޮށް ކަރަންޓު ބިލުދައްކާ 10 ކަސްޓަމަރަކަށް 1،000 ރުފިޔާ ލިބޭ ހަރަކާތެއް ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮމޯޝަން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ނަސީބުވެރި 10 ކަސްޓަމަރުން ހޮވާއިރު، މި މުއްދަތުގެ ތެރޭގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އޭގެ ކުރީ މަހުގެ ބިލްތައް ދެއްކި ނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން އޮންނާނީ އޮގަސްޓް މަހުގެ ކުރީކޮޅު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އެޕްލިކޭޝަނުން ފަސޭހަ ކަމާއެކު ބިލް ދައްކާ، ބިލަށް އަރާވަރު އަމިއްލައަށް ހިސާބު ކޮށްލެވޭނެއެވެ.

މީގެ އިތުރުން އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގަރައިޒް ކޮށްލެވޭނެއެވެ.

އަދި ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރި ގޮތް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ސްޓެލްކޯއެޕް، އެޕް ސްޓޯރާއި, ޕްލޭ ސްޓޯރުން ފަސޭހަކަމާއެކު ޑައުންލޯޑް ކޮށްލެވޭނެއެވެ. އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށް: onelink.to/bx3eyq

comment ކޮމެންޓް