ބޮޑެތި ކުންފުނިތަކުން ފޭސްބުކް ބޮއިކޮޓްކުރަނީ

ފޭސްބުކްގެ ކޮންޓެންޓް އަދި އިޝްތިހާރުތައް އާންމުކުރުމުގައި އެކުންފުނިން ކުރީން ގެންގުޅެމުންދިޔަ ސްޓްރެޓެޖީގެ މައްސަލައިގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ފޭސްބުކް ބޮއިކޮޓް ކުރަން ފަށައިފި އެވެ.

ފޭސްބުކް އިން ދާދި ފަހުން ބުނެފައިވަނީ، އެ ޕްލެޓްފޯމަށް އަޕްލޯޑްކުރާ ކޮންޓެންޓުތައް އިތުރަށް ދެނެގަތުމަށް އިތުރަށް މަސައްކަތްކުރުމަށް އާ އުކުޅުތަކެއް ހޯދަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އާ ގުޅޭ ކޮންޓެންޓުތައްވެސް ބެލުމުގައި އިތުރަށް މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެޑްވަޓައިޒަރުންގެ ތެރެއިން 90 އަށްވުރެ ގިނަ ފަރާތުން މިހާރު ވަނީ ފޭސްބުކް ބޮއިކޮޓުކުރާނެ ކަން އިއުލާނުކޮށްފަ އެވެ.

އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ކުންފުނިތައްވެސް ހިމެނެއެވެ. އެގޮތުން ކޮކާކޯލާއާއި އަޑީޑާސް އާއި ބެން އެންޑް ޖެރީގެ އިތުރުން ހޮންޑާ އަދި ހާޝީސް ވެސް ހިމެނެއެވެ.

ކުންފުނިތަކުން ބުނެފައިވަނީ ފޭސްބުކްގައި އިޝްތިހާރު ބޭނުންކުރުން ބޮއިކޮޓްކުރަން ފަށާފައިވަަނީ އެ ޕްލެޓްފޯމުގައި "ހޭޓް ސްޕީޗް"ގެ މައްސަލަ ހޫނުވެ އެފަދަ މައްސަލަތައް އިތުރަށް ކުރިއަށް ދިޔުމަށް ބޭނުން ނުވާތީ ކަމަށެވެ. އަދި ބޮޑެތި ކުންފުނިތަކުން އެފަދަ ޕްލެޓްފޯމުގައި އިޝްތިހާރުތައް ބޭނުންކުރުމުން ޕްލެޓްފޯމްގެ ގޯސް ކަންތައްތަކަށް ހިތްވަރު ދެވޭ ކަމަށް ގިނަ ކުންފުނިތަކުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް