ނިއު ނޯމަލްއަށް ބޭނުންވާ ހުރިހާ ޕީޕީއީ ފަސޭހަ ހާޑްވެއާ ކޮވިޑް އެސެންޝަލްސް ޝޮޕުން

ހުޅުމާލޭގައި ހުންނަ ފަސޭހަ ހާޑްވެއާ ކޮވިޑް އެސެންޝަލްސް ޝޮޕް---

ކޮވިޑް19އާ ގުޅިގެން މާލެ ސަރަހައްދު ހަރުކަށި ލޮކްޑައުންއެއްގައި އޮތުމަށްފަހު މަޑުމަޑުން އާންމު ހާލަތަކަށް ބަދަލުވާން ވަނީ ފަށާފަ އެވެ. ނަމަވެސް އަދިވެސް ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. މިކަމަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ސާމާނު ލިބޭ އެއް ތަނަކީ ފަސޭހަ ހާޑްވެއާ އެވެ.

އާ އާންމު ހާލަތަކާ ބައްދަލުކުރާއިރު ކުދި ވިޔަފާރިތަކުން ފެށިގެން ގޮސް ބޮޑެތި ރިސޯޓުތަކުން ވެސް ހިދުމަތް ދެމުންދާނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ. ފަސޭހަ ހާޑްވެއާއިން ވިއްކާ ތަކެތީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ މެޑިކަލް ގްރޭޑުގެ ޕީޕީއީ ސޫޓުތަކެވެ. އެގޮތުން ތިން ބާވަތެއްގެ ސޫޓު އެތަނުން ދަނީ ވިއްކަމުންނެވެ. އެއީ؛

  • އައިސޮލޭޝަން ގައުން (ބޯމިން: 30 ޖީއެސްއެމް)
  • ޕީޕީއީ ކަވަރ އޯލް (ބޯމިން: 50 ޖީއެސްއެމް)
  • ހަޒްމަތު ޕީޕީއީ ސޫޓު (ބޯމިން: 50 ޖީއެސްއެމް)

ފަސޭހަ ހާޑްވެއާ ކޮވިޑް އެސެންޝަލްސް ޝޮޕުން ވިއްކާ ޕީޕީއީ ކަވަރޯލް (ވ)، އައިސޮލޭޝަން ގައުން (މ) އަދި ހަޒްމަތު ޕީޕީއީ ސޫޓު (ކ)--

މީގެ އިތުރުން ފަސޭހަ ހާޑްވެއާއިން ވިއްކާ ތަކެތީގެ ތެރެއިން މިވަގުތު އެންމެ ޑިމާންޑު ބޮޑީ ޑިސްއިންފެކްޓެންޓް މެޝިން، އޮޓަމެޓިކް ސެނިޓައިޒާ ޑިސްޕެންސާ އަދި ޑިސްއިންފެކްޓެންޓްތަކެވެ.

ފަސޭހަ ހާޑްވެެއާއިން ވިއްކާ ޑިސްއިންފެކްޓެންޓްތަކަކީ ނޮން-ޓޮކްސިކް، ފުޑް ގްރޭޑުގެ ޕްރޮޑަކްޓެކެވެ. މާނައަކީ ޕްލާސްޓިކް އަދި އެ ނޫން ވެސް ގިނަ މެޓީރިއަލްތަކަށް އެއްވެސް ގެއްލުމެއް ނުލިބި އަދި އޭގެ އޮފުކަން ނުކެނޑި މި ޑިސްއިންފެކްޓެންޓުން ސާފުކޮށްލެވޭނެ އެވެ. މި ލިކުއިޑް ފަސޭހަ ހާޑްވެއާއިން ވިއްކާ ޑިސްއިންފެކްޓެންޓް މެޝިންގެ އިތުރުން ހޮޓެލް، ކެފޭ/ ރެސްޓޯރެންޓް، ސްކޫލް އަދި ހޮސްޕިޓަލް ފަދަ ތަންތަން ޑިސްއިންފެކްޓު ކުރަން ވެސް ބޭނުން ކުރެވޭނެ އެވެ.

ފަސޭހަ ހާޑްވެއާ ކޮވިޑް އެސެންޝަލްސް ޝޮޕުން ވިއްކާ ޑިސްއިންފެކްޓެންޓް ޕްރޮޑަކްޓެއް--

މިތަކެއްޗާއެކު ކޮވިޑް19އިން ރައްކާތެރިވާން އާންމުކޮށް ބޭނުންކުރާ ހުރިހާ ބާވަތްތަކުގެ ތަކެތި ވެސް ފަސޭހަ ހާޑަްވެއާއިން ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • ޑިސްއިންފެކްޓެންޓް މެޝިން (ސްޕްރޭ، ފޮގް އަދި މިސްޓް)
  • އެކި ބާވަތްތަކުގެ މާސްކު
  • ފޭސް ޝީލްޑް
  • ގޮގްލްސް
  • އަންގި
  • ސެނިޓައިޒާ
  • ތާމޯމީޓަރު

ފަސޭހަ ހާޑްވެއާއިން ގަންނަ މުދާ މާލެ އަދި ހުޅުމާލޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީކޮށްދޭނެ އެވެ. މި ފިހާރައިގެ ޝޯރޫމް ހުންނާނީ ހުޅުމާލެ ނިރޮޅު މަގު، ލޮޓް ނަންބަރު 10288ގަ އެވެ. އަދި ފަސޭހަ ހާޑްވެއާގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ވެސް އެތަނުން ވިއްކާ ތަކެތީގެ މައުލޫމާތު ބަލައިލެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް