މިއަދު ޕޮޒިޓިވްވީ 13 މީހުން، ރަނގަޅުވީ 16 މީހުން

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވީ 13 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހީންނާއި ބަންގްލަދޭޝްގެ ހަތް މީހުންގެ އިތުރުން އިންޑިއާގެ މީހެއް ކަމަށެވެ.

މިއާއެކު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 2337 އަސް އަރައިފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު މިއަދު 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1927 އަށް އަރައިފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުންދަނީ 397 މީހަކަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދެމުންދިޔަ ހާލުބޮޑު ތިން މީހަކު ވަނީ މިއަދު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެމީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން އަށް މީހަކު ކޮވިޑުގައި މަރުވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ ހަތަރު ދިވެހީންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

ޖުލައި އެކަކުން ފެށިގެން ކޮވިޑްގެ އާ ހާލަތަކަށް ރާއްޖެ ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ. އަންނަ މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް