"ސަޅަކް 2" ހޮޓްސްޓާއަށް

ސަޅަކް ގެ ޕޯސްޓަރެއް--

ޕްރޮޑިއުސަރު މަހޭޝް ބަޓް އާއި އޭނާގެ އަންހެން ދަރި އަދި ކުޅަދާނަ ބަތަލާ އާލިއާ ބަޓް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު، "ސަޅަކް 2" ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މި ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރާ ވާހަކަ މީގެ ކުރިން މީޑީއާތައް ވަނީ ރިޕޯޓްކޮށްފައެވެ. ސަޅަކް ޑިޖިޓަލްކޮށް ރިލީޒްކުރާކަން މިހާރު ކަށަވަރުވެފައިވާއިރު ފިލްމުގެ ކާސްޓުން ވަނީ ފިލްމުގެ ޕޯސްޓަރުވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މި ފިލްމު ރިލީޒްކުރާ ތާރީޚެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

މި ފިލްމުގައި އާލިއާ ބަޓް އާއެކު ލީޑު ރޯލުން ފެނިގެންދާނީ އަދިތްޔާ ރޯއީ ކަޕޫރެވެ.

"ސަޅަކް" އަކީ މަހޭޝް ޑައިރެކްޓްކޮށް 1991 އަހަރު ރިލީޒް ކުރި ފިލެމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ މަހޭޝްގެ ދޮށީ ދަރި ޕޫޖާ ބަޓް އަދި ސަންޖޭ ދަތު އެވެ. "ސަޅަކް 2" އިން ވެސް ޕޫޖާ އަދި ސަންޖޭ ފެނިގެންދާނެ އެވެ.

comment ކޮމެންޓް