"ތިއޭ މިހިތުގެ ވިންދަކީ" ބައިސްކޯފަށް އަންނަނީ

ޑްރާމާގެ ލީޑު ތަރިން---

ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ޓީވީއެމުން ގެނެސްދިން "ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ނިންމައިފިއެވެ.

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޑްރާމާ ސިލްސިލާ ތިއޭ މި ހިތުގެ ވިންދަކީ ބައިސްކޯފުން ސްޓްރީމްކުރާނީ އަންނަ މަހުގެ އަށް ވަނަ ދުވަހުއެވެ. މި ޑްރާމާގެ ޓްރެއިލާކޮޅެއް ވެސް ބައިސްކޯފުން ވަނީ މިހާރު ދައްކާލާފައެވެ. މި ޑްރާމާގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދިޔައީ ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު އާއި އޭނާގެ ފިރިމީހާ މުހައްމަދު މަނިކެވެ. އަދި ޒީނަތު އައްބާސް ވެސް މި ޑްރާމާގެ މުހިއްމު ރޯލެއް ކުޅެފައިވެއެވެ.

ތިއޭ މިހިތުގެ ވިންދަކީ އިން ފެނިގެންދާ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ސައީދު، ހާޖަރާ އަބްދުލްކަރީމް، ނިއުމާ މުހައްމަދު، ޝީރީން އަދި ޗިޅިޔާ މޫސާ މަނިކުގެ އެކްޓިން ފެނިގެން ދިޔައެވެ.

comment ކޮމެންޓް