ކެލާ ބަނދަރުގެ ދެވަނަ މަރުހަލާ ކުރިއަށްދަނީ

ކެލާ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ : އެމްޓީސީސީ

ހއ. ކެލާގެ ބަނދަރު ޑިޒައިންކުރުމާއި އިތުރަށް ތަރައްގީ ކުރުމުގެ ދެވަނަ މަރުހަލާގެ މަސައްކަތްތައް ފެށިގެން އެބަކުރިއަށް ދެ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޑްރެޖިންގެ މަސައްކަތްތައް ނިންމުމާއެކު މޫރިން ބޯއިސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީއިން ބުނެފައިވަނީ ބަންދަރުގެ މަޝްރޫއުގެ ދަށުން މިހާރު ރިވެޓްމެންޓް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކެލާ ބަނދަރުގެ މަޝްރޫއުގެ ދަށުން 12،768 ކިއުބިކް މީޓަރު ޑްރެޖްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 30 މީޓަރުގެ ބްރޭކްވޯޓާ އާއި 220 މީޓަރުގެ ރިވެޓްމެންޓް މަސައްކަތް ކުރިއަށްދާއިރު 1،445 ސްކުއެއާ މީޓަރުގެ ޕޭވް އޭރިއާއެއްގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީއަށް ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓަކީ 17.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓު ނިންމުމަށް ދީފައިވަނީ 410 ދުވަހެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި 30ގައި ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް