ފަސްމީރު: މަހާއި މަހުގެ އުފެއްދުންތަކުގައި ފުރަތަމަ ޗޮއިސް

ކޮންމެ އިރެއްގެ ކެއުމުގައިވެސް މަހުގެ ބާވަތެއް ނުހިމެނާނަމަ ދިވެހިންގެ ކެއުން ފުރިހަމަވެޔެކޭ ނުބުނެވޭނެ އެވެ. ގަރުދިޔަ މަސް، ވަޅޯމަސް ފިހުނުމަސް މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ކަނޑުމަހުގެ ނުވަތަ ފަރުމަހުގެ ކޮންމެވެސް ބާވަތެއް ކެއުމުގައި ހިމަނަން ޖެހެއެވެ. އަނގަޔަށް އެންމެ މީރީ ވަޅޯމަސް ނުވަތަ ދަޅުމަހެވެ. ފަސޭހައިން ކައްކާލައިގެން ކެވޭކަހލަ މަސް ރިހަޔެއްވެސް އެންމެ ރަނގަޅެވެ. ރާއްޖެއިން ބޭރަށް ދަތުރަކު ދާނަމަވެސް ދާގީނާ އަށް އެންމެ ފުރަތަމަ އަޅާނީ މަސްދަޅެވެ.

މަހުގެ ބާވަތްތައް ކެއުމުގައި ހިމަނައިގެން ނޫނީ ހިތްހަމަ ނުޖެހޭ ދިވެހިންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދިނީ މިފްކޯ އިންނެވެ. އެގޮތުން 1998 ވަނަ އަހަރުން ފެށިގެން މިފްކޯ އިން ބާޒާރަށް ނެރެން ފެށި މަސްމީރު ދަޅުމަސް ނުވަތަ "ފެލިވަރު މަސްދަޅަކީ" ދިވެހި ހުރިހާ ގޭބީސީއެއްގެ ކާމޭޒުމަތި ފަޅުފިލުވައިދޭ ބައިވެރިޔާ އެވެ. ހެދިކާއެއް ހެދިޔަސް، ނޫޑްލްސް ކެއްކިޔަސް، ބަތް ކޭ ނަމަވެސް ފެލިވަރު މަސްދަޅުން ރަހަ ހެޔޮވަރުކޮށްދެ އެވެ. ރޯދަމަހަށް ތައްޔާރުވާއިރު ފެލިވަރު މަސްކޭހެއް ގެޔަށް ވައްދާނުލެވޭނަމަ ހިތްހަމައެއް ނުޖެހެ އެވެ. މިވީ 22 އަކަށް އަހަރު ތެރޭ ކޮލެޓީއަށް ބަދަލުނައިސް ފެލިވަރު މަސްދަޅުން ދިވެހި ސުފުރާތަކަށް ހިތްހަމަޖެހުން ގެނެސްދީފި އެވެ. ގައިމުވެސް މަސްދަޅެއް ގަންނަންގޮސް އެންމެ ފުރަތަމަވެސް ފިހާރަ ސޭޓުކައިރީ އަހާލެވެނީ ފެލިވަރު މަސްދަޅު ހުރިތޯ އެވެ.

ފެލިވަރު މަސްދަޅު ނުވަތަ ފަސްމީރު މަސްދަޅުގެ އެކި ވެރައިޓީތައް މިހާރު އެބަހުއްޓެވެ. ކަނޑުމަސް ފެނުގައި، ތެލުގައި އަދި އެކި ބާވަތްތަކުގެ ސޯސް އާއެކު އުފައްދާފައިވާ މަސްދަޅުގެ ވެރައިޓީތައް މިހާރު ލިބެން އެބަހުއްޓެވެ.

މިފްކޯގެ ވަޅޯމަހަކީވެސް ދިވެހިންގެ ހިތުން ޖާގަ ހޯދާފައިވާ އުފެއްދުމެވެ. ކޮލެޓީ ރަނގަޅު ޕެކިންއެއްގައި މިފްކޯ އިން ވިއްކާ ވަޅޯމަސް ޕެކެޓަކީ ރާއްޖެއިން ބޭރަށް ފޮނުވާނަމަވެސް އެންމެ ފުރަތަމަ ޗޮއިސް އެވެ. ފަސްމީރު ރިހާކުރާއެކު ބަތް މޮޑެގެން ކާލާއިރު ރަހަ ހެޔޮވަރުކޮށްދޭ ބައިވެރިޔާ އެވެ.

ހިކިމަހު މަސްހުނި ތައްޔާރުކޮށްލަން ނުވަތަ މަސްކުރޮޅިއެއް ހަދާލަން އެންމެ މީރު ކޮށި މަސް އަދި ހިމުންކުރި މަސްވެސް ފަސްމީރު ބްރޭންޑުގެ ދަށުން ލިބޭއިރު، އަތްމަތި އަވަސްކޮށްލައިގެން އުޅޭވަގުތުތަކުގައި އަދި އަނގަޔަށް މީރު، އަތަށް ފަސޭހަކޮށް މިފަދަ ކެއުމެއް ތައްޔާރުކޮށްލަން ބޭނުންވާ ވަގުތުތަކުގައި މިއީ އަހަރެމެން ދިވެހިންގެ ނަންބާ ވަން ޗޮއިސް އެވެ.

ބިޒީ ދިރިއުޅުމަށް އިތުރު ފަސޭހަކަން ގެނެސްދިން ބްރޭންޑަކީ ވެސް ފަސްމީރެވެ. އޮފީހުގައި ބުރަކޮށް އުޅެފައި އައިސް ރޭގަނޑަށް މީރު ރިހައެއް ތައްޔާރުކޮށްލަންވިޔަސް، ފަރުމަސް ފިހެލައިގެން ކާން ބޭނުންވިޔަސް، ކުޅިމަސް އަދި ހަނާކުރިމަސް ކާން ބޭނުންވިޔަސް އެ "ކްރޭވިންގްސް" ސެޓިސްފައި ކޮށްދޭނެ އުފެއްދުންތައް މިފްކޯގެ ފަސްމީރު ބްރޭންޑުގެ ދަށުން ލިބޭނެ އެވެ. ގަނޑުކުރި ފަރުމަހުގެ އިތުރުން ރިހަކެއްކުމަށް ބޭނުންވާނެެ ކިޔުބް މަސްވެސް މި ބްރޭންޑުގެ ދަށުން ވިއްކަ އެވެ.

ގައިމުވެސް "ފަސްމީރު" އަކީ ދިވެހިންގެ އިތުބާރު ހީދާފައިވާ ބްރޭންޑަކަށް ވާއިރު މީރު ޑެވިލްޑް ފިޝް އެއް ކާން ބޭނުންވިޔަސް އެންމެ ފުރަތަމަ ހިތަށް އަރާނީ ފަސްމީރު ލަައިފްސްޓައިލްގެ ޓޫނާ އިން ޑެވިލްޑް ސޯސްގެ މަތިންނެވެ. ހަމަ ހޫނުކޮށްލައިގެން ރޮއްޓާއެކު ނޫނީ ބަތާއެކު އިންސާފުކޮށްލަންވީ އެވެ.

ލަޒާނިޔާއެއް ކާހިތްވެއްޖެނަމަ އަވަހަށް ފަސްމީރު ޓޫނާ ލަޒާނިޔާއެއް ގަނެގެން އައިސް ހޫނުކޮށްލައިގެން ކެއުމުން އެ ލިބޭ ހިތްހަމަޖެެހުމަކީ އަނގަޔަށް މީރު ކާއެއްޗެއް ކައިލެވުމުގެ އިތުރުން 100 ޕަސެންޓް ރާއްޖޭގައި އުފައްދާފައިވާ، ދިވެހި ބްރޭންޑެއްގެ ދިވެހި އުފެއްދުމެއް ކައިލުމުގެ ހިތްހަމަޖެހުމެވެ.

މީރު މަސްގުޅަ ރިހައެއް ތައްޔާރުކޮށްލަން ބޭނުންވާ ޓޫނާ ކަރީ ބޯލްސް، ޓޫނާ ބާގާއެއް ތައްޔާރުކޮށްލަން ބޭނުންވާ ބާގާ މަސްގަނޑު ކަނޑުމަސް އަދި ފަރުމަހުގައި ތައްޔާރުކޮށްގެންވެސް މިފްކޯ އިން ވިއްކައެވެ. ގައިމުވެސް ފަސްމީރުގެ ލޯޔަސް ކަސްޓަމަރުންނަށް މިއީ އެންމެ ފުރަތަމަ ޗޮއިސް އަށް ވާނެއެވެ.

ފަސްމީރަކީ ދިވެހިންގެ ދިރިއުޅުމަށް ކޮމްޕްލީޓް ސޮލިއުޝަން އެއް ގެނެސްދިން 100 ޕަސެންޓް ދިވެހި ބްރޭންޑެކެވެ. މި ބްރޭންޑަށް ދިވެހިންގެ ހިތުގައި ދެވިފައިވާ ލޯތްބާއި އިތުބާރު، ފާއިތުވި އަހަރުތަކުގެ ތެރޭވަނީ ވަރުގަދަވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް