ޓްރީ ޓޮޕް ހޮސްޕިޓަލުން އޮންލައިން ސްޕީޗް ތެރަޕީގެ ހިދުމަތްތައް ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން އޮންލައިން ޓެލެރިހެބިލިޓޭޝަން ހިދުމަތްތައް މި ހިނގާ ޖޫން މަހުގެ ތެރޭގައި ފަށައިފި އެވެ.

ވާހަކަ ދެއްކުމާއި މުއާމަލާތު ކުރުމުގެ މައްސަލަތައް ރަނގަޅު ކުރުމަށްދޭ މި ހިދުމަތްތަކުގެ ތެރޭގައި، އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން ނުވަތަ ފަހުން ދިމާވާ އެކްސިޑެންޓެއް ނުވަތަ ބަލިކަމެއްގެ ސަބަބުން ދިމާވާ މުއާމަލާތު ކުރުމުގެ މައްސަލަތަކަށް ފަރުވާދޭނެ ގޮތްތައް ކަނޑައެޅުން ހިމެނެ އެވެ.

އޮންލައިން ސްޕީޗް ތެރަޕީއިން ދޭ ހިދުމަތްތައް:

  • ވާހަކަ ދެއްކުމާއި މުއާމަލާތު ކުރުމުގެ އުނދަގޫ ހުންނަ މިންވަރު ދެނެގަތުން.
  • ވާހަކަ ދެއްކުން ލަސްވުމަށް މެދުވެރިވެރިވާ ސަބަބު ދެނެގަނެ ފަރުވާ ދިނުން.
  • ވާހަކަ ދެއްކުމުގައި އާނގަންނަ ގޮތް (ސްޓަޓަރ ކުރުމަށް) ތެރަޕީ ދިނުން.
  • ވާހަކަ ދެއްކުމުގައި ބަސްތަކުގެ އަޑު ތަފާތުވުން (މިސް އާޓިކިއުލޭޝަން) ދެނެގަނެ ތެރަޕީ ދިނުން.
  • ދަސްކުރުމުގައި އުނދަގޫކަން ދެނެގަނެ އެކަމަށް ފަރުވާ ދިނުން.
  • ބޮޑެތި މީހުންނަށް ވާހަކަ ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ފަރުވާ ދިނުން.
  • ވާހަކަ ދެއްކުމަށް އުނދަގޫވާ ނުވަތަ ވާހަކަ ނުދެއްކޭ ކުދިންނަށާއި މީހުންނަށް ސްޕީޗް ތެރަޕީ ދިނުން.
  • ސެރެބްރަލް ޕާލްސީ ހުންނަ ކުދިންނަށް ތެރަޕީ ދިނުން
  • އޯޓިޒަމް އަދި އޭ ޑީ އެޗް ޑީ ހުންނަ ކުދިންގެ ބެލެނިވެރިން ހޭލުންތެރިކުރުވައި ޓްރެއިން ކުރުން.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ އޮންލައިން ސްޕީޗް ތެރަޕީ ސެޝަންތަކުގައި ކުޑަކުދިން ބައިވެރިވާނަމަ ބެލެނިވެރިއަކު ގާތުގައި ހުރުމަށް އެ ހޮސްޕިޓަލުގެ ސްޕީޗް ތެރަޕިސްޓް ލެޓީޝާ ކުރިއަކޯސް އިރުޝާދު ދެއްވަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޕީޗް ތެރަޕިސްޓް ލެޓީޝާ ކުރިއަކޯސް-- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮންލައިން ސްޕީޗް ތެރަޕީއަށް ބުކިންގް ހެދުމަށާއި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ނަންބަރަކީ 3351610އެވެ.

comment ކޮމެންޓް