ފޭސްބުކް އިން ނުރައްކާތެރި ޕޯސްޓްތައް ފާހަގަކުރަނީ

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ---

ފޭސްބުކް އަށް ޕޯސްޓުކުރާ ނުރައްކާތެރި ޕޯސްޓުތައް ހޯދައި އެފަދަ ކޮންޓެންޓުތައް ދެނެގަނުމަށް ޓެގުކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަން ފަށައިފި އެވެ.

ފޭސްބުކް އިން ދާދި ފަހުން ބުނެފައިވަނީ، އެ ޕްލެޓްފޯމަށް އަޕްލޯޑްކުރާ ކޮންޓެންޓުތައް އިތުރަށް ދެނެގަތުމަށް އިތުރަށް މަސައްކަތްކުރުމަށް އާ އުކުޅުތަކެއް ހޯދަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އާ ގުޅޭ ކޮންޓެންޓުތައްވެސް ބެލުމުގައި އިތުރަށް މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެޑްވަޓައިޒަރުންގެ ތެރެއިން 90 އަށްވުރެ ގިނަ ފަރާތުން މިހާރު ވަނީ ފޭސްބުކް ބޮއިކޮޓުކުރާނެ ކަން އިއުލާނުކޮށްފަ އެވެ. އޭގެތެރޭގައި ބޮޑެތި ކުންފުނިތައްވެސް ހިމެނެ އެވެ. އެގޮތުން ޔުނިލެވާ އާއި ޑަވް ފަދަ ކުންފުނިތައް ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

ގިނަ ބަޔަކު އެގޮތަށް ކަންތައް ކުރުމަށްޓަކައި ނިންމާފައިވަނީ ފޭސްބުކްގައި ދޮގު އެޑްވަޓައިޒްމެންޓްތައް އިތުރުވާ މައްސަލަ ގިނަވާން ފެށުމުންނެވެ.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ފޭސްބުކްގައި ނަފްރަތު އުފެދޭގޮތަށް ދެކެވޭ ވާހަކަ ނުވަތަ ހޭޓް ސްޕީޗް ހުއްޓުމަށް މިހާރު މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ފާއިތުވި އަހަރުގެ ތެރޭގައި 82 ޕަސެންޓް ހޭޓް ސްޕީޗް ފޭސްބުކް އިން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް