ހޭންޑް ސެނެޓައިޒާ ބޮއެގެން މެކްސިކޯއިން ތިން މީހަކު މަރުވެއްޖެ

ހޭންޑް ސެނެޓައިޒާ ފުޅިއެއް--

އެކި ދުވަސްތަކުގެ މަތިން މެކްސިކޯގައި ހޭންޑް ސެނިޓައިޒާ ބުއި މީހުންގެ ތެރެއިން ތިން މީހަކު މަރުވެއްޖެ އެވެ.

މެކްސިކޯގެ އޮފިޝަލުން ބުނީ އެ މީހުން ބުއީ މެެތަނޯލް ހުންނަ ސެނިޓައިޒާކަމަށާއި އަދި އެ ހާދިސާގައި އިތުރު ތިން މީހެއްގެ ހާލު ސީރިއަސްކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ލޯވެސް ވަނީ އަނދިރިވެފަ އެވެ.

މެކްސިކޯގެ ސްޓޭޓް ޑިޕާޓްމަންޓް އޮފް ހެލްތުން ބުނީ މިއީ ރަލާ ގުޅިފައިވާ ކޭސްތަކެއް ކަަމަށެވެ. އަދި ބޯނެ ރާ ނުލިބުމުން އަލްކޮހޯލް ހިމެނޭ ސެނެޓައިޒާ ބުއީ ކަމަށް ވަނީ ބުނެފަ އެވެ.

އެ އިދާރާއިން ބުނީ އެފަދަ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓްކުރީ މިދިޔަ މަހު ކުރީކޮޅު ކަމަށެވެ. އަދި ދެން ހުރި ކޭސްތައް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހު 29 ހިސާބުގައި ކަމަށްވެސް ބުންޏެވެ.

ހޭންޑް ސެނިޓައިޒާ ބުއިމަށް ބޭނުން ނުކުރުމަށް މެކްސިކޯގެ ހެލްތު އޮފިޝަލުން ދަނީ ވަރަށް ބޮޑަށް ގޮވާލަމުންނެވެ.

މެތެނޯލްއަކީ އަލްކަހޯލްގެ ވަރަށް ނުރައްކާތެރި ބާވަތެެކެވެ. އޭގެ ސަބަބުން ލޯނ އަނދިރިވުމާއި ކިޑްނީ ހަލާކުވުމާއި އަދި މަރުވުން ފަދަ ހާދިސާތަަކާ ކުރިމަތިވެ އެވެ.

މެކްސިކޯގެ ސްޓޭޓް ހެލްތު ސެކެޓްރީ ކެތީ ކުންކަލް ވިދާޅުވީ އެކަމަށް ފަރުވާއެއް އެބައޮތް ކަމަށާއި އަދި އަަވަހަށް ރަނގަޅުވާނީ އަވަހަށް ފަރުވާކޮށްގެން ކަމަށެވެ. -- އޭޕީ

ގުޅޭ ޓެގު
comment ކޮމެންޓް