ޓްރަމްޕްގެ ސިއްރު މައުލޫމާތު ހިމެނޭ އިތުރު ފޮތެއްވެސް ނެރުން ކޯޓުން ހުއްޓުވައި ނުދިން

އެމެރިކާގެ ރައީސް ވަނީ އެގައުމުން ޑަބްލިޔުއެޗްއޯއަށް ދޭ އެހީ ހުއްޓާލަން އަންގާފައިވާ ކަަމަށް ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަޔާތާ ގުޅޭ ސިއްރު މައުލޫމާތު ހިމެނޭ އިތުރު ފޮތެއް ނެރުންވެސް ހުއްޓުވައި ނުދިނުމަށް އެގައުމުގެ ކޯޓުން ނިންމައިފިއެވެ.

ޓްރަމްޕްއާ ގުޅޭ ގޮތުން މިފަހަރު ފޮތް ލިޔުއްވައިފައިވަނީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަންހެން ބޭފުޅެއް ކަމަށްވާ މޭރީ ޓްރަމްޕްއެވެ.

ދާދި ފަހުން އެމެެރިކާގެ ކުރީގެ ނެެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ޓްރަމްޕްއާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް ނެރުނު ހުއްޓުވަން އެދުމުންވެސް ކޯޓުން އެކަން ނުހުއްޓުވިއެވެ.

މޭރީ ޓްރަމްޕް ލިޔުއްވި ފޮތްވެސް ނެރެނީ ބޯލްޓަން ލިޔުއްވި ފޮތް ނެރުނު ޕަބްލިޝަރު ސިމޯސް އެންޑް ޝަޓްސްޓާއިންއެވެ.

"ޓޫ މަޗް އެންޑް ނެވާ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވާލްޑްސް މޯސްޓް ޑޭންޖަރަސް މޭން"ގެ ނަމުގައި ފޮތް ލިޔުއްވި މޭރީއަކީ ޓްރަމްޕްގެ އެންމެ ދޮށީ ބޭބެ ފްރެޑް ޓްރަމްޕް ޖޫނިއާގެ ދަރިފުޅެވެ. ފްރެޑް ޓްރަމްޕް އަވަހާރަވީ 1981 ވަނަ އަހަރުއެވެ.

ފޮތުގައި ޓްރަމްޕްގެ އެކިއެކި ގުޅުންތަކާއި އެކި ކަހަލަ "އެބިއުސް"ގެ ވާހަކަތައް ހިމެނެއެވެ.

މޭރީ ޓްރަމްޕް--

އެ ފޮތް ނެރުން ހުއްޓުވަން ކޯޓަށް ހުށަހެށީ ރައީސް ޓްރަމްޕްގެ އެހެން ބޭބެއެއް ކަމަށްވާ ރޮބާޓް ޓްރަމްޕްއެެވެ. އޭނާގެ ވަކީލުން ބުނީ ޓްރަމްޕް އާއިލާގެ އެއްވެސް މައުލޫމާތެއް ހިމެނޭ ފޮތެއް ނެރުމަށް މޭރީ ޓްރަމްޕްއާއި އައިލާގެ އެހެންބޭފުޅުންވެސް "ކޮންފިޑެންޝަލް" އެއްބަސްވުމެއް ކުރިން ސޮއިކޮށްފައި އޮންނަ ކަމަށެވެ. އަދި މިއީ ޓްރަމްޕްގެ ބައްޕަ އަދި މަޝްހޫރު ރިއަލް އެސްޓޭޓް ޑިވޮލޮޕަރު ފްރެޑް ޓްރަމްޕްގެ ވަސިއްޔަތެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން މޭރީ ޓްރަމްޕް ބުނީ ޑިމޮކްރަސީ ކުރިއަރާނީ މިނިވަންކަމާއެކު ބަސް ބުނެވިގެން ކަމަށާއި އަދި ސިޔާސީ ގޮތުން ފާޅު ކުރާ ހިޔާލު ހުއްޓުވުމުގެ ބާރެއް ލިބިފައި ނުވާ ކަމަށެވެ.--އޭޕީ--

comment ކޮމެންޓް