ޖުލައި މަހު 37 ރިސޯޓެއް ހުޅުވާނެ

އޮޅުވެލި ބީޗް ރިސޯޓު އެންޑް ސްޕާ -

އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލަން ހަމަޖެހިފައިވާ އިރު، ޖުލައި މަހުގެ ތެރޭގައި 37 ރިސޯޓެއް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު މި އަހަރު ތެރޭގައި ގިނަ ރިސޯޓުތަކެއް އަލުން ހުޅުވާލާނޭކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ބުދަ ދުވަހުގެ ރޭ ދެއްވައިފައެވެ.

މީގެ ތެރޭގައި ބޯޑަރު ހުޅުވާލުމާއިއެކު ގިނަ ރިސޯޓުތައް އަލުން ހުޅުވާލާނޭކަމަށް މިނިސްޓަރު ވިދާޅުވިއިރު ބައެއް ރިސޯޓުތައް އޯގަސްޓް މަހު އަދި އަނެއްބައި ރިސޯޓުތައް އޮކްޓޯބަރ މަސް ހާތަނުންވެސް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ޓްރެވަލް ޓްރޭޑް މޯލްޑިވްސްއިން އެކުލަވާލާފައިވާ ލިސްޓެއްގައި ވާ ގޮތުން، ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ 36 ރިސޯޓެއް ހުޅުވާލާނެއެވެ. އަދި އިތުރު ރިސޯޓެއް 22 ޖުލައިގައި ހުޅުވާލާނެއެވެ.

ޖުލައި މަހު ހުޅުވާ ރިސޯޓުތަކަކީ:

  • ކޮންސްޓަންސް ހަލަވެލި
  • ބެންޔަން ޓްރީ ވައްބިންފަރު
  • އަންގްސާނާ އިހުރު
  • ތާޖް އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓް
  • ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާ
  • ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާގިރާވަރު
  • ފޯ ސީޒަންސް މޯލްޑިވްސް އެޓް ކުޑަހުރާ
  • ފޯ ސީޒަންސް މޯލްޑިވްސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް
  • ސޮނެވާ ފުށި
  • ސޮނެވާ ޖާނީ
  • ގްރޭންޑް ޕާކް ކޮއްދިއްޕަރު
  • ވޮލްޑޯފް އެސްޓޯރިއާ
  • ދަ ރެޒިޑެންސް އެޓް ދިގުރަށް
  • ފުރަވެރި އައިލެންޑް ރިސޯޓު
  • ފިހާޅޮހި އައިލެންޑް ރިސޯޓު
  • ނޮކު މޯލްޑިވްސް
  • ކޮކޫން މޯލްޑިވްސް
  • ޔޫ އެންޑް މީ މޯލްޑިވްސް
  • ލިލީ ބީޗް ރިސޯޓު އެންޑް ސްޕާ
  • ސައި ލެގޫން
  • ހާޑް ރޮކް ހޮޓެލް މޯލްޑިވްސް
  • ލަކްސް ނޯތު މާލެ އެޓޮލް (ބަންދު ނުކުރޭ)
  • ރަހާ ރިސޯޓު
  • ސިނަމަން ދޮންވެލި
  • އަމަޔާ ކުޑަ ރަށް
  • ވެލާ ޕްރައިވެޓް އައިލެންޑް (ބަންދު ނުކުރޭ)
  • ޕެރެޑައިސް އައިލެންޑް ރިސޯޓު
  • ކުޑަފުށި އައިލެންޑް ރިސޯޓު
  • ސިކްސް ސެންސަސް ލާމު
  • އޮޅުވެލި ބީޗް އެންޑް ސްޕާ
  • އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ
  • އެޓްމޮސްފިއާ އެޓް ކަނިފުށި
  • ވަރު ބައި އެޓްމޮސްފިއާ
  • އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެންގެލި
  • އޮބްލޫ ސެލެކްޓް އެޓް ސަންގެލި (ބަންދު ނުކުރޭ)
  • އެލްޓީއައި މާފުށިވަރު (ހުޅުވާނީ ޖުލައި 22 ގައި)

މީގެ އިތުރުންވެސް ސެޕްޓެމްބަރު މަސް އަދި އޮކްޓޯބަރު މަސް ތެރޭގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖެއިން ޖުލައި 15 ވަނަ ދުވަހު ބޯޑަރުތައް ހުޅުވާލާއިރު ކުރިއެކޭ ވެސް އެއްފަދައިން ފަތުރުވެރިންނަށް އޮން އެރައިވަލް 30 ދުވަހުގެ ވިސާ ދޫކުރާނެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެއާޕޯޓުގައި ރެންޑަމްކޮށް ބައެއް މީހުންގެ ސާމްޕަލް ނަގަން ހަމަޖެހިފައިވާ އިރު، ރާއްޖެ އެތެރެވާ އިރު ބަލީގެ އަލާމާތް ހުންނަ މީހުން ޓެސްޓުކުރާނެއެވެ. އަދި އެއާޕޯޓުގައި ތާމަލް ސްކޭނިންގް ނިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް