އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅޭ ބިދޭސީންތަކެއް އިހުތިޖާޖު ކުރަނީ

ހުޅުމާލޭގައި ބިދޭސީން އިހުތިޖާޖުކުރަނީ ---

ހުޅުމާލޭގައި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީން ތަކެއް އިހުތިޖާޖު ކުރަމުން އެބަ ގެންދެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ހުޅުމާލޭގައި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ މުވައްޒަފުންތަކެއް ކުންފުންޏާ މެދު ހުރި ހިތްހަމަ ނުޖެހުންތަކެއް ފާޅުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެތަނުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ މިހާރު އެމީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން އެއްވެސް އިހުތިޖާޖު ކުރަމުން އެބަދެއެވެ. މައުލޫމާތު ލިބޭގޮތުގައި މިއަދު މެންދުރު ފަހުން ފެށިގެން ގިނަ ބަޔަކު ދަނީ އިހުތިޖާޖު ކުރަމުންނެވެ.

ވާހަކަ ދެކެވޭ ގޮތުގައި މުވައްޒަފުން އިހުތިޖާޖުކުރަމުންދަނީ މުސާރައިގެ މައްސަލައެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް