އިންޓްރެސްޓާއެކު ފައިދާލާފައިވެސް 5،600 ރުފިޔާ އަށް ފުލެޓް ދެވޭނެ: މުއިއްޒު

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާޙަކަ ދައްކަވަނީ --- ފޮޓޯ/ ޕީޕިއެމް

ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 7،000 ހައުސިން ޔުނިޓް އިންޓްރެސްޓާއެކު ސަރުކާރަށް ފައިދާވާގޮށް 5،600 ރުފިޔާއަށް ފުލެޓް ދެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ބުނާގޮތުން ފްލެޓުތަކުގެ އަގަކީ އެވްރެޖުކޮށް 11،000 ރުފިޔާ އެވެ. ސަބްސިޑީ އަކާއެކު އެއަށްވުރެ ކުޑަ ވެދާނެ ކަމަށެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ފުލެޓުތައް ނިންމުމަށް ފައިސާވެސް އޭރު ހަމަ ޖެހިފައިވާނެ ކަމަށެވެ. އަދި ހިނގާ ހުރިހާ ހަރަދަކާއެކުވެސް ހުރިހާ ހިސާބުތަކެއް އޭރު ރައީސް އޮފީހާއި ހައުސިން މިނިސްޓްރީގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފައިނޭސް ކޮސްޓާއި ފިނިޝިން ކޮސްޓާއި އިންޓްރެސްޓާއެކު 20 އަހަރަށް ބަހާލައިގެން ރައްޔިތުންގެ އަތުން މަހަކު 5،600 ރުފިޔާއަށް ނެގިޔަސް އެޗްޑީސީއަށް ފައިދޭވޭ. އެކަން ރަސްމީކޮށް ރައީސް ޔާމީންގެ ސަރުކާރުގައި އޮތީ ނިންމާފައި،" މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް ފުރަތަމަ ދެއްކި ވާހަކަ އަކީ، 7،000 ހައުސިން ޔުނިޓުގެ ސައިިޒު ކުޑަވެގެން އެތަނުގެ ސައިޒު ބޮޑު ކުރާ ވާހަކަ ކަމަށާއި އެއަށް ގޮތެއް ނުންނިމާ ހަ މަސް މިސަރުކާރުން ބޭކާރުކޮށްލި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އޭރުވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަން ސަރުކާރަށް އެނގޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެތަންނަކަކީ ސައިޒުން ކުޑަވެގެން ރައްޔިތުން ނޫޅެވޭ ވަރު ތަންތަނެއް ނޫން ކަމަށާއި އެއީ ހުޅުމާލޭ ފޭސް އެކެއްގައި އަޅާފައިވާ ފުލެޓުތަކާ އެއް ސައިޒެއްގެ ފުލެޓުތަކެއް ކަމަށެވެ.

ފުލެޓުތަކެގެ އަގުތަކާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހަމަދު މިއަދު ވިދާޅުވީ، ކުރީގެ ސަރުކާރުން ފުލެޓުތައް އަގު ކިޔަނީ އިންޓްރެސްޓާ ނުލާ ކަމަށެވެ.

"ލޯނެެއް ނެގީމާ، އަނބުރާ ދައްކަން ޖެހޭނީ އިންޓްރެސްޓާއެކު، އަނބުރާ ދައްކާއިރު އަރާ އިންޓްރެސްޓަކާ އެކު އޭގެ އަގު ކަލްކިޔުލޭޓު ކުރެވޭނީ،" ހިޔާ ފްލެޓުތަކުގެ އަގާމެދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ އަގު ކަނޑައަޅާއިރު، ހިސާބު ޖަަހަންވާނީ، ދައްކާއިރު އަރާ އަދަދު ކަމަށާއި އެހެން ކަމަށް ވަންޏާ ހިޔާ ފްލެޓުތަކުގެ އަގުގެ ގޮތުގައި މަހަކު 11000 ރުފިޔާ އަރާނެ ކަމަށެވެ. އެއީ 20 އަހަރަށް ބަހާލައިގެން ދައްކަންޖެހޭ އަދަދެވެ.

https://sun.mv/138997

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 20 އަހަރަށް ބަހާލައިގެން 11،000 ރުފިޔާއަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 434 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. އެއީ ފްލެޓަކަށް އެވްރެޖުކޮށް 62،000 ޑޮލަރެވެ. ނަމަވެސް މިއީ ފްލެޓުތަކުގައި ކުރަންޖެހޭ ފިނިޝިންގެ މަސައްކަތްތަކާއި އިންޓީރިއާގެ މަސައްކަތްތައް ނުލައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތައް އިތުރު 42 މިިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް މިހާރު ނިންމާފައިވަނީ 42 މިލިއަން ޑޮލަރު ހަރަދުނުކޮށް، ފިނިޝިން މަސައްކަތް ނުކޮށް ރައްޔިތުންނާ ފުލެޓް ހަވާލު ކުރުމަށެވެ. އެގޮތުން، މުށި ޖަހުމާއި ދޮރު ހަރުކޮށް، ބޮކި، ފަންކާ ހަރުކުރުމާއި ކުލަލުން ފަދަ ކަންތައް ކުރަންޖެހޭނީ ފްލެޓު ލިބޭ ފަރާތުންނެވެ.

މުއިއްޒު ވިދާޅުވީ، އެއީ ރައްޔިތުންނަށްް ކުރާ މަލާމާތެއް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި އެ ފިނިޝިންގެ އަގާއެކު ހުރިހާ ފައިސާއެއްވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއވެެ.

"ފިނިޝިން ކޮސްޓަށް ގާތްގަނޑަކަށް 41 މިލިއަން ހަރަދުވާނެ. އެ ފައިސާވެސް އެޗްޑީސީން ހަމަޖެހިފައި ވަނީ. ހުއްޓުމެއްނެތި މަސައްކަތް ބާރު ސްޕީޑްގައި ދިޔަ ނަމަ މިދިޔަ އަހަރު ޖުލައި އަށް ނިމޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ފުލެޓުތައް ނުނިމި ކަންކަން މިހާހިސާބަށް ދިޔުމުން މުއިއްޒު ވަނީ ފުލެޓު ލިބުނު ފަރާތްތައް އިހުތިޖާޖަށް ނުކުތުމަށްވެސް ގޮވާލާފައެވެ. އަދި އެތަންތަން ނުނިމި ލަސްވުމަކީ، ފުލެޓުތަކުގައި ދިރުއުޅޭނެ 30،000 އަށް ރައްޔިތުންނަށް ސަރުކާން ދޭ ނިކަމެތިކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.

https://sun.mv/139003

comment ކޮމެންޓް