ރެޑްވޭވް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރާއްޖޭގެ އެންމެ ބޮޑު ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް" ގެ 11 ފިހާރައިގައި 30 ޖެނުއަރީ އިން ރޯދަމަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ނަސީބުވެރިން ހޮވާފައިވަނީ ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލް ގައި، މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

"ރެޑްވޭވް ރޯދަސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން

މިޕްރޮމޯޝަންގެ ދަށުން 500 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކ އެގޮތުން އެތައްހާސް ކޫޫޕަނެއް ދޫކުރި އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވި ކަސްޓަމަރުންގެ ތެރެއިން، ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 10 އިނާމް ހައްގުވާ 10 ފަރާތެއްވަނީ ހޮވާފަ އެވެ.

މީގެ އިތުރުން، 75 އިންޗި ޓީވީއެއް ލިބޭ ނަސީބުވެރި އެއް ފަރާތަކާއި 55 އިންޗި ޓީވީ ލިބޭ ފަސް ފަރާތެއް އަދި 49 އިންޗި ލިބޭ 10 ފަރާތެއްވަނީ ހޮވާފަ އެވެ.

މީގެ އިތުރުންވެސް 10،000 ރުފިޔާގެ ނަސީބުވެރި ފަސް ފަރާތެއް މިއަދު ވަނީ ހޮވާފަ އެވެ.

މި ޕްރޮމޯޝަނުގެ އެންމެ އަގުބޮޑު އިނާމު ކަމަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ ހޮވައިފައެވެ. މި އިނާމްގެ ހައްގުވެރި ނަސީބުވެރިއަކީ "ސޮއްފަތު" (ކޫޕަން ނަމްބަރ: 97451) އެވެ.

"ރެޑްވޭވް ރޯދަސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން

ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެބޮޑު ތަރުހީބބެއް ލިބިގެންދިޔަ ޕްރޮމޯޝަނަކަށް ކަމަށެވެ.

ކުރިއަށްއޮތް ތަނުގައިވެސް ރެޑްވޭވްގެ ޕްރޮމޯޝަންތައް ވެގެންދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ހެޔޮ އަގުގައި ލިބޭނެ، މިއަށްވުރެގިނަ އިނާމް ތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމުގައި ރެޑްވޭވުން ބުންޏެވެ.

comment ކޮމެންޓް