މަޑުއްވަރީ ދެކުނު ހާބަރުގެ މަސައްކަތް ބާރަށް ކުރިއަށް

ރ. މަޑުއްވަރީ -- ފޮޓޯ: އެމްޓީސީސީ

ރ. މަޑުއްވަރީ ދެކުނު ފަރާތުގައި ހަދާ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ޑިޒައިން އެންޑް ބިލްޑު އުސޫލުން މަޑުއްވަރީގައި ކުރިއަށްގެންދާ ހާބަރުގެ މަސައްކަތުގެ ދަށުން ނެރު ކެނޑުމުގެ މަސައްކަތުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފަޅު ފުންކުރުމުގެ މަސައްކަތުގެ 95 ޕަސެންޓުވެސް ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން މަޑުއްވަރީ ދެކުނު ފަރާތުން 72،800 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާނެއެވެ. މީގެ އިތުރުން 411 މީޓަރުގެ ބްރޭކް ވޯޓާ އެއް ގާއިމުކޮށް 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖަހައި، 566 މީޓަރުގެ ކުއޭ ވޯލްއެއް ގާއިމް ކުރާނެއެވެ.

މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ޕޭވްމެންޓު ހަަދައި ބައްތި ހަރުކޮށް ނެރު ބައްތި ބަހައްޓަނެއެވެ.

މި މަސައްކަތް އެމްޓީސީސީ އިން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. 68.66 މިލިއަން ރުފިޔާގެެ މި ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 590 ދުވަހުގެ ތެރޭގައެވެ.

comment ކޮމެންޓް