އިންޑިއާއިން ޕާކިސްތާނުގެ ޑިޕްލޮމެޓިކް ސްޓާފުންތަކެއް އަނެއްކާވެސް ބޭރުކޮށްލައިފި

ޕާކިސްތާނުން ހައްޔަރުކުރި އިންޑިއާގެ ހައިކޮމިޝަންގެ ދެ ސްޓާފުން--

އިންޑިއާގައި ތިބޭ ޕާކިސްތާނުގެ ގިނަ އަދަދެއްގެ ޑިޕްލޮމެޓިކް ސްޓާފުންތަކެއް އަނެއްކާ ވެސް އެ ގައުމުން ބޭރުކޮށްލައިފި އެވެ.

މި މަސް ފެށުނު ފަހުން ވެސް އިންޑިއާ އިން ވަނީ ޕާކިސްތާނު ހައި ކޮމިޝަންގެ ދެ އޮފިޝަލަކު ޖާސޫސުކުރާ ކަމަށް ބުނެ ބޭރުވެސްކޮށްލައިފަ އެވެ. އިންޑިއާއިން ބުނީ އެ ދެ އޮފިޝަލުން ވެސް މަސައްކަތް ކުރީ އިންޑިއާ ސިފައިންގެ ހަރަކާތްތައް ހުންން ގޮތްތައް ބެލުމަށް ކަމަށެވެ.

މިފަހަރު ވެސް ސްޓާފުންތައް ބޭރުކޮށްލަނީ ޖާސޫސޫ ކުރުމާއި ޓެރަރިސްޓުންނަށް އެހީވާ ކަަމަށް ބުނެއެވެ.

އިންޑިއާއިން މިހާރު ނިންމާފައި ވަނީ ޕާކިސްތާނުގައި ހުންނަ އެގައުމުގެ ހައިކޮމިޝަންގައި ތިބޭ ސްޓާފުންތަކެއް ވެސް މަދުކުރުމަށެވެ.

އިންޑިއާގެ މީޑިއާއިން ބުނާގޮތުގައި މިއީ ޕާކިސްތާނުން ދާދި ފަހުން އެގައުމުގައި ތިބި އިންޑިއާގެ ހައި ކޮމިޝަންގެ ސްޓާފުންނާ މެދު އަމަލުކުރި ގޮތުގެ ސަބަބުން އިންޑިއާއިން ރައްދުގައި އެޅި ފިޔަވަޅެކެވެ.

ޕާކިސްތާނުގައި ހިނގި އެކްސިޑެންޓަކަށް ފަހު ފިލަން އުޅެނިކޮށް ކަމަށް ބުނެ އެގައުމުން ވަނީ އިންޑިއާގެ އެމްބަސީގެ ސްޓާފުންތަކެއް ދާދި ފަހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން އެމީހުން ވަނީ ދޫކޮށްލައިފަ އެވެ. އިންޑިއާއިން ބުނީ ޕާކިސްތާނުން އެ ދެ ސްޓާފުން ހައްޔަރުކޮށް ފްރޭމް ކުރީ ކަމަށެވެ. އެ ދެ ސްޓާފުން މިހާރު ވަނީ އިންޑިއާއަށް ގޮސްފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވެސް އެއް ގައުމު އަނެއް ގައުމުގައި 100 އެއްހާ ސްޓާފުން ތިބެ އެވެ.-- ބީބީސީ---

comment ކޮމެންޓް