"ބެޓްމޭން" ޑައިރެކްޓްކުރި ޖޯލް މަރުވެއްޖެ

ޖޯލް ޝުމެކޭ---

"ބެޓްމޭން" ސީރީޒްތަކުގެ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ޖޯލް ޝުމެކޭ 80، މަރުވެއްޖެ އެވެ.

ހޯމަ ދުވަހު ޑައިރެކްޓަރު މަރުވީ ކެންސަރު ބަލީގައެވެ. އަހަރެއްހާ ދުވަސްވަންދެން ކެންސަރު ބައްޔަށް ޖޯލް ވަނީ ފަރުވާކޮށްފަ އެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ޖޯލްގެ މަރުގެ ހަބަރާއެކު އޭނާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.

ބެޓްމޭންގެ އިތުރުން އޭނާ ގެނެސްދީފައި ހުރި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "އެސްޓީ އެލްމޯސް ފަޔާ"، "ފްލެޓްލައިނާޒް"، "ދަ ލޮސްޓް ބޯއިސް" އަދި "އަ ޓައިމް ޓު ކިލް" ހިމެނެ އެވެ.

comment ކޮމެންޓް